އިންޑިއާ

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއި ރާއްޖެއާއި ދެމެދު އެއްބަސްވުންތަކުގައި ސޮއި ކުރުން. -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

އިންޑިއާގެ އެހީގައި ރާއްޖޭގައި ތިން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމާއި، ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމާއި އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ އެއްބަސްވުންތަކެވެ.

ޑރ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންނަވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މި ދަދުތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

އިންޑިއާގެ އެހީގައި އެޅުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ޑރ. ޖައިޝަންކަރު މިރޭ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ށ. ފޯކައިދޫގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އައްޔަކަލޭ

ތީގަ މަނަދުއަށް ލިބޭ އެއްޗެއް ނެތް ދޯ! އިންޑިއާއިން ސީދާ މާފަރަށް އެ އައީ. ދެން މާފަރުން ބޭރު ދަތުރުތައް ނުފަށަނީ ރާއްޖެތެރެއަށް ކުރިއެރުން ލިބި ފަސޭހަ ވެދާނެތީތަ؟ ހުޅުލޭގަ ފުލައިޓް މޫވުމަންޓު ރެކޯޑު ހެދީއޭ ކިޔާ ނޫހުގަ ޖަހާއިރު ހީވަނީ މިދެން މާ މޮޅުކަމަކޭ އުތަ؟

އެމެރިކާ

ރާއްޖެ ފުނޑާލަން ދުރާލާ ބޯޑު ރޭވުންގަޑެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345