އިންޑިއާ

ޖައިޝަންކަރު ފުރާވަޑައިގެންފި

ޖައިޝަންކަރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. ޖައިޝަންކަރު ވަޑައިގެންނެވީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖައިޝަންކަރު ވަޑައިގެންނެވީ ސްރީލަންކާ އަށެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޖައިޝަންކަރު ވަނީ ހއ. އުތީމަށްވެސް ވަޑައިގެންފަ އެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ތިން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމާއި، ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމާއި އެމްއެންޔޫއަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ އެއްބަސްވުންތަކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345