އެޑިޓޯރިއަލް

ރަސްލީ ސުޕާރީ މިހާރު ލިބޭނީ ސުޕާރީ ފިހާރައިން

Jan 29, 2023
މާލޭގައި ހުންނަ ސުޕާރީ ފިހާރަ. -- ފޮޓޯ: އަވަސް
0%
0%
0%

މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ފުރަގަހުން އޮންނަ އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ސުޕާރީ ފިހާރައަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލް ސުޕާރީ ކަމަށްވާ ރަސްލީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.

ދުފުމަކީ ދިވެހީންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެއާ ނުލައި ނޫޅެވޭ ވަރަށް ބައެއް މީހުން ވަނީ އެކަމަށް ދެވިހިފާފަ އެވެ. ޒަމާނާ އެއްގޮތަށް ދުފުންވެސް ބަދަލުވަމުން އައިސް މިހާރު މިކަމުގައިވެސް މިވަނީ ޒަމާނީ ކުލަވަރު ޖެހިފަ އެވެ.

އަގަ މީރުކޮށްލަން ދުފާލުމަށް ބޭނުންވި ނަމަވެސް ކުރިން އެކަމަށް ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްލަންޖެހެ އެެވެ. އެކަމަކު މިހާރު މި މަސައްކަތް ބޮޑުތަނުން ލުއިވެއްޖެ އެވެ. ހުރިހާ ފަސޭހައެއް ގެނެސްދިނީ ސުޕާރީ ޕެކެޓެވެ. މިހާރުގެ ގޮތަށް ނަމަ 'ސުޕާރީ ފުޅި' އެވެ.

މީގެ ތެރެއިން ދިވެހިންގެ މެދުގައި އޭރު އަދި މިހާރުވެސް އެންމެ މަގުބޫލު ސުޕާރީ ބްރޭންޑާކީ "ރަސްލީ" އެވެ.

ސުޕާރީގެ އަގު ބޮޑުވެގެން ދިއުމުން ސުޕާރީގެ ބައެއް ބްރޭންޑްތައް ދިވެހިން ދޫކޮށްލި ނަމަވެސް ދިވެހިންނަސް އެންމެ ކަމުދާ -- ރަސްލީ ދުލެއް ނުކުރެ އެވެ. ޕެކެޓްތަކުގައި ސުޕާރީ ބަންދުކުރުމުގެ ބަދަލުގައި ފުޅީގައި ރަސްލީ ސުޕާރީ ބަންދުކޮށްގެން ރާއްޖެ އެތެރެކުރަން ފެށުމުންވެސް ރަސްލީ ބްރޭންޑްގެ މަގުބޫލު ކަމަކަށް ބަދަލެއް ނާދެ އެވެ.

ޕާކިސްތާނުގެ ރަސްލީ ކުންފުނިން ތައްޔާރުކުރާ ރަސްލީ ސުޕާރީ ހެދުމަށް ބޭނުން ކުރަނީ އެންމެ ރަނގަޅު ބާވަތްތަކެވެ. ހާއްސަކޮށް ސުޕާރީ ތައްޔާރުކޮށް ބަންދުކުރުމުގައި ސާފުތާހިރު ކަމަށް ވަރަށް ބޮޑު އިސްކަމެއްދެ އެވެ.

ރަސްލީ ސުޕާރި މިހާރު ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ސުޕާރީއަށް ހާއްސަ "ދަ ސުޕާރީ ފިހާރަ" އިންނެވެ.

ރަސްލީގެ އިތުރުން ޓެޒް ސުޕާރީގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ ވެސް ސުޕާރީ ފިހާރަ އެވެ. މީގެ އިތުރުން ސުޕާރީ ފުޅި ވަކިވަކިންވެސް ސުޕާރީ ފިހާރަ އިން ގަންނަން ލިބެން ހުރެ އެވެ.

ސުޕާރީ ފިހާރައިން ރަސްލީ އަދި ޓެޒް ހޯލްސޭލް ކުރަނީ ޑަޒަނެއް 285 ރުފިޔާ އަދި ކޭހެއް 1650 ރުފިޔާ އަށެވެ. ވަކިން ފުޅިއެއް ލިބޭނީ 25 ރުފިޔާ އަށެވެ.

ސުޕާރީ ފިހާރައަށް އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުކަން ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މިހުރިހާ ކަމަކާއެކު މިއީ ސުޕާރީއަށް ލޯބިކުރާ މީހުންނަށް ލިބޭނެ އުފާވެރި ހަބަރަކަށް ވާނެކަން ގައިމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345