ރޯދައޭ..

ފިޔާ: މީރުވީނަމަވެސް ބޭނުންކުރަންވީ ވަކި ވަރަކަށް

Mar 12, 2024

ރިހަ ކެއްކި ނަމަވެސް ހެދިކާއެއް ހެދިނަމަވެސް ގިނަ ބަޔަކަށް އެ އެއްޗެއް މީރު ވަނީ ފިޔާގެ ރަހަ ދިނީމާ އެވެ. އާދައިގެ ސޭންޑްވިޗެއް ހެދި ނަމަވެސް ގިނަ އަދަދަކަށް ފިޔާ ބޭނުންކުރާ މީހުން އުޅެ އެވެ. އެހެންކަމުން ފިޔާ މިއީ ސިއްހީ ގޮތުން ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްތޯ ބެލުން މުހިއްމެވެ.

ފިޔާ އިން ލިބޭ ފައިދާ

ފިޔާ އަކީ ސިއްހީގޮތުން ވަރަށް ގިނަ ފައިދާތައް ހިމެނޭ އެއްޗެކެވެ. މިގޮތުން ފިޔާ އަކީ ކެލަރީ މަދު އަދި ވިޓަމިންއާއި މިނެރަލްސް ގިނަ އެއްޗެކެވެ. ފިޔާގައި ހިމެނޭ ވިޓަމިންގެ ބާވަތްތަކަކީ މީހާގެ ދިފާއީ ނިޒާމު ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ކިޑްނީގެ މަސައްކަތާއި ހަށިގަނޑުގެ މަސްތަކަށް ބޭނުންވާ ޕޮޓޭސިއަމް ގިނަ މިންވަރަކަށް ފިޔާ އިން ލިއްބައިދެ އެވެ.

ފިޔަލުން ލިބޭ ގެއްލުން

ހަށިގަނޑަށް ފައިދާ ހުރި ގިނަ ބާވަތްތަކެއް ފިޔާގައި ހުރި ނަމަވެސް މިއީ ހަށިގަނޑަށް ގެއްލުން ދޭ ބާވަތްތަކެއް ވެސް ހިމެނޭ އެއްޗެކެވެ. އެގޮތުން ފިޔާ ކެއުމުގެ ސަބަބުން ބައެއް މީހުން އެލާޖިކްވެ އެވެ. ފިޔާގައި ހިމެނޭ ބައެއް ބާވަތްތަކުގެ ސަބަބުން ހާޓް ބާރން ސިމްޕްޓަމްސް ފެންމަތިވާކަން ފާހަގަކުރެވެ އެވެ.

ދިވެހިންގެ އާންމު ކެއުމުގައި ވަކިން ހާއްސަކޮށް ގަރުދިޔައާއި ބަތާއެކު ފިޔާކޮޅެއް ލައިގެން ރަހަ އެތައް ގުނައެއް ފުރިހަމަވެ އެވެ. ނަމަވެސް ކޮންމެ އެއްޗެއްވެސް ކާންވާނީ ވަކި މިންވަރަކަށެވެ. މާގިނައިން ކެއުމުން ނުވަތަ ބަލާ ނުލައި ބޭނުންކުރުމުން އެއީ ފިޔާ ކަމުގައި ވިޔަސް ލިބޭ ގެއްލުން ބޮޑުވެދާނެ އެވެ.