ހަބަރު

ކަރަންޓްގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި

Jan 25, 2016
1
  • ބަދަލު ގެންނަނީ އަންނަ މަހުން ފެށިގެން
  • 400 ޔުނިޓަށް ވުރެ ދަށް ނަމަ ޔުނިޓަކަށް ނަގާ އަދަދު ދަށް
  • އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ނަގާނީ އެއް އަގެއް

އަންނަ މަހުން ފެށިގެން ކަރަންޓު ސަބްސިޑީ ކަނޑާލައި ހުރިހާ ރަށެއްގެ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައި މިއަދު އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނާއި އެންސްޕާ އަދި އެނާޖީ މިނިސްޓްރީ އިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އިއުލާން ކުރި ގޮތުގައި ސްޓެލްކޯ އިން ކަރަންޓް ބިލްތަކަށް ދޭ ސަބްސިޑީ ކަނޑާލައި، ޔުނިޓަކަށް ޗާޖް ކުރާ އަދަދު ވަނީ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ހެޔޮ ކޮށްފަ އެވެ. 

ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްއީ އާއި އެންސްޕާ އަދި އެނާޖީ މިނިސްޓްރީ އިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އިއުލާން ކުރި ގޮތުގައި ސްޓެލްކޯ އިން ކަރަންޓް ބިލްތަކަށް ދޭ ސަބްސިޑީ ކަނޑާލައި، 400 އަށްވުރެ ދަށުގެ ޔުނިޓަކަށް ޗާޖް ކުރާ އަދަދު ވަނީ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ހެޔޮ ކޮށްފަ އެވެ.

އެގޮތުން މަހެއްގެ މައްޗަށް 400 ޔުނިޓަށް ވުރެ ކުޑަކޮށް ބޭނުން ކުރާ ގޭބިސީތަކަށް ޗާޖް ކުރާނީ އަގު ކުރިން އަގު ކުރަމުން އައި ރޭޓަށްވުރެ ކުޑަކޮށެވެ. ހަތަރުސްތޭކަ ޔުނިޓަށް ވުރެ އިތުރަށް ހަރަދު ކުރާ ނަމަ، ޔުނިޓަކުން ޖާޗްކުރާ އަގު ބޮޑުވާނެ އެވެ.

މާލެ ސަރަހައްދުގެ ބަދަލު

  • 0-100 ޔުނިޓް: 2.10 ރުފިޔާ
  • 101-200 ޔުނިޓް: 2.20 ރުފިޔާ
  • 201-300 ޔުނިޓް: 2.35 ރުފިޔާ
  • 301-400 ޔުނިޓް: 2.70 ރުފިޔާ
  • 401-500 ޔުނިޓް: 3.35 ރުފިޔާ
  • 501-600 ޔުނިޓް: 3.95 ރުފިޔާ
  • 601 ޔުނިޓް މަތި: 4.25 ރުފިޔާ

މާލޭގައި ފިއުލްސާޗާޖްގެ ގޮތުގައި 400 ޔުނިޓުން ދަށަށް، ޑީސަލް ލީޓަރެއްގެ 10 ރުފިޔާއަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ޗާޖް ކުރެވޭނެ އެވެ. އަދި 400 ޔުނިޓަށް ވުރެ މައްޗަށް، ޑީސަލް ލީޓަރެއްގެ އަގު އަށް ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ޗާޖް ކުރަން ވަނީ ނިންމައިފަ އެވެ.

މި ބަދަލާ އެކު ބިލްގެ ޖުމްލަ އަގު މިހާރަށް ވުރެ ބޮޑު ވާނަމަ ބޮޑު ވާނީ ޖުމްލަ އަގަށް ވުރެ، 135 ރުފިޔާ އާއި 80 ރުފިޔާއާ ދެމެދަށް ކަމަށް ލަފާކޮށްފައިވެ އެވެ. އެހެން ނަމަވެސް އަތޮޅުތަކުގައި ފެނަކައިން ދޭ ކަރަންޓްގެ ހިދުމަތަށް އާންމުންނަށް ދޭ ސަބްސިޑީ ކުރިއެކޭ ވެސް އެއްގޮތަށް ދެމުން ގެންދާނެ އެވެ. ހަމައެކަނި ގެނައި ބަދަލަކީ އަތޮޅުތަކުގެ ހުރިހާ ރަށެއްގައި އެއް ރޭޓަކަށް ކަރަންޓްގެ އަގު ފެއްތުމެވެ. އަދި އަތޮޅުތަކުގެ ވިޔަފާރި ތަކާއި އާންމު ގޭބިސީތަކުގެ ކަރަންޓް ބިލްތައް މި ބަދަލުގެ ސަބަބުން ބޮޑުވެގެނެއް ނުދެ އެވެ.

އަތޮޅުތަކަށް

  • 0 ޔުނިޓުން 100 ޔުނިޓަށް: 3.00 ރުފިޔާ
  • 101 ޔުނިޓުން 200 ޔުނިޓަށް: 3.30 ރުފިޔާ
  • 210 ޔުނިޓުން 200 ޔުނިޓަށް: 3.40 ރުފިޔާ
  • 301 ޔުނިޓުން 400 ޔުނިޓަށް: 3.50 ރުފިޔާ
  • 401 ޔުނިޓުން ފެށިގެން މަތި: 5.50 ރުފިޔާ

އަތޮޅުތަކުގައި ފިއުލް ސާޗާޖް ނަގަން ނިންމާފައި ވަނީ، 400 ޔުނިޓުން ފެށިގެން ދަށަށް، ޑީސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާއަށް އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި އެވެ. އަދި 400 ޔުނިޓަށްވުރެ މައްޗަށް، ޑީސަލް ލީޓަރެއްގެ އަގު 8.50 ރުފިޔާއަށްވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް ޔުނިޓަކަށް ތިން ލާރި ފިއުލް ޗާޖްގެ ގޮތުގައި ޗާޖް ކުރަން ވަނީ ނިންމައިފަ އެވެ.
ކަރަންޓުގެ އަގަށް ބަދަލުގެނެވިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. ބިޒްނަސް ކެޓެގަރީގެ ކަސްޓަމަރުންނަށް ބިލްކުރެވެމުންދިޔަ ރޭޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ފެނަކައިގެ ކަސްޓަމަރެއްނަމަ، ކަރަންޓު ބޭނުންކުރާ މިންވަރު 400 ޔުނިޓަށްވުރެ އިތުރުވާނަމަ ބިލަށް އިތުރު ވެގެން ދާނީ ގާތްގަނޑަކަށް 80 ރުފިޔާ އާއި 135 ރުފިޔާ އާ ދެމެދުގެ އަދަދަކަށެވެ. އަދި ކަރަންޓު ބޭނުންކުރާ މިންވަރު 500 ޔުނިޓް ނަމަ ބިލަށް އިތުރު ވެގެންދާނީ 192.50 ރުފިޔާ އާއި 260 ރުފިޔާ އާ ދެމެދުގެ އިތުރުވުމެކެވެ.

ފެނަކައިގެ ކަސްޓަމަރެއް ނަމަ ޑީސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާއަށް ވުރެ އިތުރުވާނަމަ 400 ޔުނިޓަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ފިއުލް ސާޗާޖް ދައްކަން ނުޖެހޭނެ އެވެ.