އެސްޓީއޯ

ފުނަދޫގެ ތެޔޮ ސްޓޯރޭޖް ބޮޑު ކުރުމުގެ މަޝްރޫއު ފަށައިފި

Jan 25, 2016

އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް ފުނަދޫގައި ގާއިމު ކުރާ އާ ސްޓޯރޭޖްގެ ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމައި ދެ ގުނައަށް ކެޕޭސިޓީ ބޮޑު ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. ފުނަދޫގައި ކުރިޔަށް ގެންދަނިީ 35 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަހީރު ވިދާޅުވީ އުންމީދު ކުރައްވަނީ މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމައި ސްޓޯރޭޖް ފުޅާ ކުރެވޭނެ ކަމަށެވެ.

ފުނަދޫގެ މިހާރުގެ ސްޓޯރޭޖްގައި ރައްކާކުރެވެނީ 47،000 ޓަނުގެ ތެލެވެ. އެސްޓީއޯއިން މިއަދު ވަނީ މި އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ތެލުގެ އަގު ހެޔޮކޮށްފަ އެވެ.