އަބްދުﷲ ޝާހިދު

ޤުރުއާން އަންދަން ހުއްދަދިނުން ސަރުކާރުން ކުށްވެރިކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ސްވިޑަންގައި ޤުރުއާން އަންދަން އެގައުމުގެ ސަރުކާރުން ހުއްދަ ދިނުން ރާއްޖެއިން ވަނީ ކުށްވެރިކޮށްފައި
0%
0%
0%

ސްވިޑަންގައި ޤުރުއާން އަންދަން އެ ގައުމުގެ ސަރުކާރުން ހުއްދަ ދިނުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީގެ ބޭރުގައި ގުރުއާން އަންދަނީ އެ ގައުމުގެ ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ސްޓްރޭމް ކުރުސްއިންނެވެ. އެ ހަރަކާތަށް ސްވިޑަން ސަރުކާރުން ވަނީ ހުއްދަ ވެސް ދީފަ އެވެ.

ގުރުއާން އެންދުމަށް ސްޓްރޭމް ކުރުސްގެ ލީޑަރު ރަސްމުސް ޕަލުދަމް ހިންގާ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ރަސްމުސް ވަނީ މީގެ ކުރިންވެސް ގުރުއާން އެންދުމުގެ ހަރަކާތެއް ހިންގާފަ އެވެ.

ތުރުކީން ބުނާ ގޮތުން ސިޔާސީ ހަރަކާތެއް ގޮތުގައި ހިންގި ނަމަވެސް ސްވިޑަންގެ މި ހަރަކާތް އަންކާރާއިން ކުށްވެރިކުރާނެ އެވެ.

ސަފީރު ހާޒިރުކުރުމަށްފަހު ސަބަބު ބަޔާންކޮށް ތުރުކީ ފޮރިން މިނިސްޓްރީން ވަނީ ވެގެން އުޅޭ ގޮތް ތަފުސީލުކޮށް ދެއްވާފަ އެވެ. އަދި މިއީ މުސްލިމުންގެ މުގައްދަސް ފޮތްތަކާ މެދު އަމަލުކުރައްވައިގެން ވާނެ ގޮތެއް ނޫން ކަމަށް ސަފީރަށް ދަންނަވާ ނުރުހުން ފާޅުކޮށްފަ އެވެ.

ތުރުކީ ފޮރިން މިނިސްޓްރީން ބުނީ އެއްވެސް ބައެއްގެ މުގައްދަސް -- މާތްކޮށް ހިތާ އެއްވެސް އެއްޗަކަށް އިހާނެތިކޮށް ހިތުމަކީ ޑިމޮކްރެޓިކް ހައްގުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.

ގުރުއާން އަންދަން ދައްކާނެ އެއްވެސް ހުއްޖެތެއް ނޯންނާނެ ކަމަށް ވެސް ތުރުކީން ބުނެ އެވެ.

މިއީ ތުރުކީ އާއި ސްވިޑަންއާ ދެމެދު ގުޅުން ފަނާކުރަން ކުރެވޭ ކަމެއް ކަމަށްވެސް ތުރުކީން ވަނީ ބުނެފަ އެވެ. މިކަމުގައި އޮތް އެންމެ އެދެވޭ ގޮތަކީ ގުރުއާން އަންދަން ދިން ހުއްދަ ބާތިލުކުރުން ކަމަށްވެސް ސްވިޑަންގެ ސަފީރަށް ވަނީ ދަންނަވާފަ އެވެ.

ގުރުއާން އެންދުމުގެ އިތުރުން ސްވިޑަންގައި ދިރިއުޅޭ ކުރުދީ ނަސްލުގެ މީހުން ތުރުކީއާ ދެކޮޅަށް ސްޓޮކްހޯމްގައި ހިނގާލުންތައް ބޭއްވުމަށްވެސް ވަނީ ރާވާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910