ވިލާ ހަކަތަ

ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ރޫފިން ޕްރޮޑަކްޓްސް މާކެޓަށް ނެރެފި

Jan 23, 2023

ގިނަ ބަޔަކު މިހާރުވެސް ބޭނުން ކުރަމުންދާ ވިލާ ރޫފިންގް ޝީޓްގެ އާ ވައްތަރެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް-ކޯޓިންގެ ވިލާ ރޫފިންގް ޕްރޮޑަކްޓްސްތައް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ވިލާ ރޫފިންގްއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު، އަދި އެނެމް ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ކޮލެޓީ ޓިނެކެވެ

ވިލާ ރޫފިންގް ޝީޓްތަކަކީ، އާއްމު ފުރާޅު ޝީޓްތަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓެވެ. ޒަމާނީ މެޝިނާއި ވިލާ ރޫފިންގް، ކަސްޓަމަރުން ބޭނުންވާ މިނަކަށް ޑެލިވަރީ ކޮށްދެ އެވެ. އަދި މާލެ، ހުޅުމާލެ އަދި ދޯންޏާއި ހަމައަށް ވިލާ ރޫފިންގް ޑެލިވަރީކޮށްދޭއިރު، ތިލަފުށީގައި ހުންނަ ފެކްޓަރީން އޯޑަރުވެސް ނަގަ އެވެ. އެހެންކަމުން މިހާރުވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ޝީޓްތައް ބޭނުންކޮށްގެން ގޭގެ ފުރާޅުތައް ހަދާކަން ފާހަގަކޮށްލެވެ އެވެ.

ވިލާ ރޫފިންގް އަކީ 'ހޮޓް ރޯލް ފޯމް ޕޮރެސް' ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ އެއްޗެކެވެ.

ސައުދީ އިން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިންގް ޝީޓުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިނާއި ސައިޒަކަށް ތައްޔާރުކޮށްލެވޭނެ އެވެ. އަދި މި ރޫފިންގް ޝިޓުތަކުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެ އެވެ. ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިތު އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިންގް ޝީޓުތަކަކީ އައިއެސްއޯ ސެޓްފިކެޓް ވެސް ހާސިލްކޮށްފައިވާ ބްރޭންޑެކެވެ.

އެންމެ ފާހަގަކޮށްލެވޭ ފައިދާތަކުގެ ތެރޭގައި މި ރޫފިންގް ޝީޓުތަކުގައި 'އެންޓި ކެޕިލަރީ' ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިކި ނުޖަހާނެ އެވެ. މިއީ ވިލާ ހަކަތަ އިން ދެކޭ ގޮތުގައި ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެކެވެ.

މީގެ އިތުރުން ގިނަ ވަގުތު އަލިފާނުގައިވެސް ގެއްލުމެއް ނުވާ ގޮތަށް މި ރޫފިންގް ޝީޓުތައް ހިފަހައްޓާނެ އެވެ. އަދި މިއީ އެހެނިހެން ރޫފިންގް ޝީޓުތަކަށްވުރެ ބޮޑަށް ލޮނުގެ އަސަރުން ދަބަރުޖަހާ، ދަގަނޑު ހަލާކުވާ މިންވަރު ކުޑަ ކޮށްދޭނެ ރޫފިންގް ޝީޓުތަކެކެވެ.

ވިލާއިން ތައާރަފް ކޮށްފައިވާ ރޫފިންގް ޝީޓުތައް ލިބެން ހުންނާނެ ކުލަތަކަކީ ވިލު ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލަ އެވެ.

މިރޫފިންގް ޕްރޮޑަކްޓްސް ވިލާއިން ތައާރަފް ކޮށްފައިވަނީ ބޮޑު ޑިސްކައުންޓަކާއި އެކު އެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޟަން މި އަންނަ މަހުގެ 28ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ވިލާގެ ރޫފިން ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ގޮތެއްގައި އޯޑާ ވެސް ކޮށްލެވޭނެ އެވެ. އެގޮތުން 7236464 ނަންބަރަށް ވައިބާ ނުވަތަ ގުޅޭނެ އެވެ. [email protected] އަށް އީމެއިލް ކުރެވޭނެ އެވެ.