ދުނިޔެ

"ޖަރުމަނާ ނުލާވެސް ޔުކްރޭން ހަނގުރާމަ ކާމިޔާބުކުރެވޭނެ"

ފޮލޭންޑްގެ ބޮޑުވަޒީރު މަތެއުޝާ މޮރެވިއެސްކީ: ޖަރުމަނުގެ އެހީތެރިކަމާ ނުލާވެސް ޔުކްރޭން ހަނގުރާމަ ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި
0%
0%
0%

ޔުކްރޭން ހަނގުރާމަ ހުއްޓުވަން އެކަށީގެންވާ ގޮތުގައި ޖަރުމަނުން އަމަލުނުކުރާ ކަމަށް ވިދާޅުވެ ފޮލޭންޑްގެ ބޮޑުވަޒީރު، މަތެއުޝާ މޮރެވިއެސްކީ ވިދާޅުވީ މޮސްކޯއިން ކީޔެވްއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވަން ޖަރުމަނުން ސީރިއަސް މަސައްކަތްތަކެއް ނުކުރި ނަމަވެސް، ޔުކްރޭނާއި ޔޫރަޕުން ހަނގުރާމަ ކާމިޔާބުކުރާނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި -- ޖަރުމަނާ ލައިގެން އަދި ނުލާވެސް -- ޔުކްރޭން ހަނގުރާމަ ކާމިޔާބުކުރުމުގެ ގާބިލުކަން ޔޫރަޕަށާއި ޔުކްރޭނަށް ލިބިފައި އޮތް ކަމަށެވެ.

މޮރެވިއެސްކީ އަދި ވިދާޅުވީ ތާރީޚްގެ ނުބައި ފަޅިއަށް އެރުމުން ވާނީ ބަދުނާމު ކަމަށެވެ. ރަޝިއާ ބަލިކުރަން ޔޫރަޕަށް އެހިތެރިވެ އެކުގައި އޮތުމާ މެދު ގޮތެއް ނިންމާނީ ބާލިންއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޮރެވިއެސްކީ މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ޔުކްރޭނަށް ބަރުހަތިޔާރު -- ޓޭންކާއި މިސައިލުން ދިފާއުވާ ނިޒާމްތައް -- ފޯރުކޮށްދިނުމުގައި ޔޫރަޕްގެ ގައުމުތަކުން އެކުލަވާލަން މަަސައްކަތްކުރެއްވި އެއްބަސްވުން ފޭލިވުމުންނެވެ.

ޔުކްރޭނަށް ހަނގުރާމަމަތީ ޓޭންކްތައް ފޮނުވަން ޖަރުމަން ވަނީ ދެކޮޅު ހަދާފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ޖަރީމާތައް ފެށިފަހުން އަހަރެއް ވަނީ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ރަޝިއާގެ އަނިޔާވެރިކަން ޓީވީންނާއި ޔޫޓިއުބުން ފެންނަން ހުރިއިރު މޮސްކޯއާ ދެކޮޅަށް ގޮތެއް ނިންމުމުގައި ޖަރުމަން ފަހަތު ފަޔަށް ބުރަވާ ސަބަބާ މެދުވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ޖަރުމަނުން ދެލޯ ހުޅުވަން ވެއްޖެ ކަމަށްވެސް މޮރެވިއެސްކީ ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި މި ވެގެން އުޅޭ ގޮތް -- ސާފު މަންޒަރު ނުފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖަރުމަނު އަތުގައި ހުރި ހުރިހާ ހަތިޔާރެއް ދޭން ނުޖެހޭނެ ކަމަށްވެސް މޮރެވިއެސްކީ ވިދާޅުވި އެވެ. ދާދި ކުޑަ މިންވަރަކުން ވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ޔުކްރޭނަށް ޓޭންކް ފޮނުވަން އެއްބަސްވެފަ އެވެ. މިގޮތުން ޖަނުމަނުގައި އުފައްދާ ލެޕާޑް ޓޭންކްތައް ފޮނުވާނެ ކަމަށްވެސް ބައެއް ގައުމުތަކުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް، ޖަރުމަނުން ޓޭންކްތައް ވިއްކި ގައުމު ނޫން ގައުމެއްގައި ބޭނުންކުރާނަމަ ޖަރުމަނުގެ ހުއްދަ ހޯދަން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345