އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރައީސް އެދިވަޑައިގަތީ ނަޝީދަށް އިހްތިރާމާއި ލޯބި ދޭން

ކެމްޕެއިނަށް މާޅޮހަށް ވަޑައިގެން ރައީސް ސޯލިހު ޕާޓީގެ މެމްބަރުންނާއި ބައްދަލުފުޅުކުރައްވައި ވާހަަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ
0%
0%
0%

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އާއިލީ ގުޅުން އޮންނަ އއ. މާޅޮހަށް ވަޑައިގެން، ޕާޓީގެ އެތެރޭގެ ގުޅުންތައް ރަނގަޅުވާ ގޮތަށް މަސައްކަތް ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މާޅޮހަށް މިއަދު ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާޅޮހުގައި ހުންނަވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ދެ ފަރާތުގައި ވެސް ތިއްބެވީ ގާތް އާއިލީ މީހުން ވަކިން ބޮޑަށް ހަނދާންވާ ކަމަށެވެ.

އެމަނިކުފާނު ނިކުމެވަޑައިތީ ވަކި މީހަކާ ދެކޮޅަށް ނޫން ކަމަށާއި އެހެންކަމުން ވާދަވެރި ކެންޑިޑޭޓަށްވެސް ދޭންޖެހޭ އިހްތިރާމާއި ގަދަރާއި ލޯބި މާޅޮހުން ވެސް ދޭންޖެހޭނެ ކަން ރައީސް ހަނދާންކޮށްދެއްވި އެވެ.

"ދެފަރާތުގައި ވެސް މި ތިއްބެވީ ހަމަ ގާތް އާއިލީ މީހުން. އެކުވެރިން، ރަހުމަތްތެރިން. އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓަށް ވެސް ދޭންވާ އިހްތިރާމާ ލޯތްބާއި ގަދަރު މި ރަށުން ދޭން ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޕްރައިމަރީގައި މާޅޮހުގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދޭންވީ، އެ ރަށުގެ ތަރައްގީގައި ކުރިއަށް ދެވެން އޮތް ގޮތަކީ އެމަނިކުފާނާ އެކު ކުރިއަށް ގޮސްގެން ކަމުގައި ވާތީ ކަމަށެވެ. އަދި ޕްރައިމަރީ ނިމުމާ އެކު، މާޅޮހުގެ ރައްޔިތުންނާއި އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެއްތަންވެ އެމަނިކުފާނާއި އެކީގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް މާޅޮހަށް ވަޑައިގަތުން -- ފޮޓޯ: އެމްޑީޕީ

ކެމްޕޭނަށް ރައީސް ސޯލިހު މާޅޮހަށް ވަޑައިގެންއިރު އެ ރަށަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. ނަމަވެސް އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ކުޑަ ހިފައިގެން އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު މައްޗަށް ނިކުމެފަ އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހްގެ އިތުރުން ރައީސް ނަޝީދުވެސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ހއ. އަތޮޅާއި، ހދ. އަތޮޅާއި ނ. އަތޮޅާއި، ރ. އަތޮޅާއި ބ. އަތޮޅާއި، ޅ. އަތޮޅާއި، ކ. އަތޮޅާއި، އއ. އަތޮޅަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެއިތުރުން ލ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.

އެމަނިކުފާނުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ފަހު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އައްޑޫ ސިޓީގައި އޮންނާނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަންނަނީ

މަމެންގެ ރަމަލު ތަކުން ދައްކަނީ މާބޮޑަށް ތަފާތު ކޮށް ރައީސް އިބޫގެ ވެރިކަމަށް 5 އަހަރުވެގެންދާއިރު ވެލާނާ އެއާރޕޯރޓްގެ އިރުމަތީ ކަނޑުގެ ބޭރުތޮށި ގަނޑު ވެއްޓި އެއާރޕޯރޓަށް ލޮނު އަރާ އެއާރޕޯރޓް ފުނޑިގެން ދާއިރު ވެސް ރައީސް އިބޫ ރާއްޖޭން ބޭރަށް ފުރާ ވަޑައިގަންނަވާްއިރު އެތަން ފެނިހުރެ އެތޮށި ގަނޑު ބަދަލު ކޮށްދޭން ވަތަންގެ އެންމެ ކަތުން އެދުމުން ޖަވާބު ދެނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ ހޮވާދީފިއްޔާ އަންނާނެއޭ އަންނަނީ އަންނަނީ އަންނަނީއަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ އަންނަނީ

ބުންބާ

ނަޝީދު ހައްދަވަގޮތަކީ ކުއްލިއަކަށް ގޭގެއަށް ވަދެ ފޮޓޮއެއް ނަގަނީ. އެވަރުން ހޮވެންޏާ ހޮވެންވީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345