ދުނިޔެ

ޔުކްރޭނަށް ލެޕާޑް 2ގެ ޓޭންކްތައް ފޮނުވަން ޕޮލޭންޑުން ހުއްދައަށް އެދެފި

ޔުކްރޭނަށް ލެޕާޑް 2 މަރުކާގެ ހަނގުރާމަމަތީ ޓޭންކްތައް ފޮނުވަން ޖަނުމަނުގެ ހުއްދައަށް ރަސްމީކޮށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕޮލޭންޑްގެ ޑިފެންސް މިނިސްޓަރު، މާރިއާސް ބްލާސްޗާކް ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ޕޮލޭންޑުން ލެޕާޑް ޓޭންކްތަކާ މެދު އަމަލުކުރަން އެދިފައިވާ ގޮތް ޖަރުމަނަށް އޮޅުންފިލާފައި ވާކަން އޭނާއަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް އެހީވުމަށް ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހަދާފައި އޮތް އިއްތިހާދާ ގުޅިގެން ޔުކްރޭނަށް ލެޕާޑް ޓޭންކް ފޮނުވުމަށް ޖަރުމަނަށް ވެސް ފުރުސަތު އޮތް ކަމަށެވެ.

އޭނާ މިހެން ވިދާޅުވި ސަބަބަކީ ރަޝިއާއާ ދެކޮޅަށް ޔުކްރޭނަށް ބަރުހަތިޔާރު ފޮނުވުމުގައި ޖަރުމަނު ވަކިގޮތެއް ނިންމާފައި ނުވާތީ އެވެ. އަދި ރަޝިއާއަށް ބޮޑެތި ގެއްލުން ދިނުމަކީ ޖަރުމަނު ކުރަން ބޭނުންވާ ކަމަކަށް ނުވާތީ އެވެ.

ޔުކްރޭނަށް އެހީވުމަކީ ޔޫރަޕަށް އޮތް ވާޖިބެއް ކަމަށް މާރިއާސް ބްލާސްޗާކް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާ ކާމިޔާބުކުރުމަކީ މުޅި ޔޫރަޕުގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ.

ލެޕާޑް 2ގެ ޓޭންކްތައް ޔުކްރޭނަށް ފޮނުވުމުގައި ޕޮލޭންޑުން ޖަރުމަނުގެ ހުއްދައަށް އެދޭ ސަބަބަކީ -- ޖަރުމަނުން ޓޭންކްތައް ވިއްކާ ގައުމު ނޫން ގައުމެއްގައި ބޭނުންކުރާ ނަމަ -- ޖަރުމަނުގެ ހުއްދައަށް އެދެންޖެހޭނެ ކަމަށް ވިޔަފާރި އެއްބަސްވުމުގައި އޮންނާތީ އެވެ.

ޖަރުމަނު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ލެޕާޑް ޓޭންކްތައް ޔޫކްރޭނަށް ފޮނުވުްމަކީ ބާލިން އިން އިންކާރު ނުކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ލެޕާޑް 2ގެ ހަނގުރާމަމަތީ ޓޭންކްތައް ފޮނުވުމާ މެދު ޕޮލޭންޑައި ފިންލޭންޑުން ވެސް އޮތީ ގޮތެއް ނިންމާފަ އެވެ. އެއީ ޖަރުމަނުގެ ރުހުމާ ނުލާވެސް ޓޭންކްތައް ފޮނުވުމެވެ. މި މޭރުމުން މި ދެ ގައުމުގެ ވަޒީރުން ވަނީ ބަސްވިދާޅުވެފަ އެވެ.