ފިނިޕޭޖް

މެޑޯނާގެ ބަޔޯޕިކް ކުރިއަކަށް ނުދާނެ

ލަވަކިޔުންތެރިޔާ މެޑޯނާގެ ބަޔޯޕިކް ޔުނިވާސަލް ޕިކްޗާސް އިން ކުރިއަށް ނުގެންދިއުމަށް ނިންމައިފި އެވެ.

މެޑޯނާގެ ބަޔޯޕިކަކީ އޭނާ އަމިއްލައަށް ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކޮށް، ކޯ-ރައިޓް ކުރާ ބްޔޯޕިކެކެވެ.

ވެރައިޓީއިން ބުނި ވގޮތުގައި މެޑޯނާ މުސްތަގްބަލްގައި ބަޔޯޕިކް ހަދަން ބޭނުންވާ ކަމަށާއި މިވަގުތު އޭނާ ސަމާލުކަން ދޭން ބޭނުންވަނީ އޭނާގެ އަލަށް އެނައުންސްކުރި ސެލެބްރޭޝަން ޓުއާއަށް ކަމަށެވެ.

މެޑޯނާ ޕްލޭން ކުރަމުންދިޔަ ބަޔޯޕިކްގައި އޭނާގެ ރޯލް ކުޅުމަށް މެޑޯނާ ބޭނުންވީ "އޮޒާކް" އިން އެމީ އެވޯޑް ލިބިފައިވާ ޖޫލިއާ ގާނާ އެވެ.

އުމުރުން 28 އަހަރުގެ ޖޫލިއާ ގާނާގެ އިތުރުން، މި ފިލްމްގައި ޖޫލިއާ ފޮކްސްއާއި މެޑޯނާގެ ގިނަ ދުވަސްވި ރަހްމަތްތެރިއެއް ކަމުގައިވާ ޑެބީ މަޒާގެ ރޯލު ކުޅުމަށް ވާހަކަ ދެކެވެމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

މި ފިލްމްގެ ސްކްރިޕްޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މެޑޯނާ އޮކްޓޯބަރު 2021 ގައި އިންސްތަގްރާމްގައި ޕޯސްޓްކުރި އެވެ. އަދި "ސެކްރެޓަރީ"ގެ ސްކްރީން ރައިޓާ އެރިން ކްރެސިޑާ ވިލްސަން އަށް ޓެގް ކުރި އެވެ.

މެޑޯނާގެ ބަޔޯޕިކް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ބުނީ 2020ގެ ސެޕްޓެމްބަރު މަހުގަ ނއެވެ.

މެޑޯނާއަކީ 1980ގެ އަހަރުތަކުން ފެށިގެން ލަވަކިޔަމުން އަންނަ ލަވަކިޔުންތެރިޔެކެވެ. މެޑޯނާގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި "މެޓީރިއަލް ގާލް"، "ލައިސްލާ ބޮނިޓާ"، ހިމެނެ އެވެ.