ދިރާގު

ދިރާގުގެ ޕްރީޕެއިޑް ސޯޝަލް ޕެކްއާއެކު 23ޖީބީ އެންމެ 23 ރުފިޔާއަށް

ދިރާގުގެ ސޯޝަލް ޕެކް އެޑް-އޮންއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 23 ރުފިޔާއަށް 23ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

މި ޑޭޓާ ބޭނުންކޮށްގެން ވައިބާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްސް ބޭނުންކުރެވޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެކްޓިވޭޓްކުރާ ދުވަހުގެ ރޭ 11:59އާ ހަމައަށް ވެލިޑިޓީ ލިބޭ މި އެޑް-އޮން ދިރާގު އެފް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް ނެގޭނެ އެވެ.

މި ސޯޝަލް މީޑިއާ އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެ އެވެ.

ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފަ އެވެ.

އެގޮތުން ދިރާގު ކޮމްބޯ ޕްލޭންސްއަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންސްއަކީ ކޮންމެ ދުވަހަކު ރިފްރެޝް ކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންއާއިއެކު ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގު މަމެންއަކީ ޒުވާނުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންއަކީ ޑޭޓާ، ވޮއިސް، އަދި އެސްއެމްއެސް އެލަވަންސް ބޭނުން ގޮތަކަށް ފަރުމާކޮށްލެވޭ ޕްލޭންއެކެވެ. މީގެ އިތުރުން މަމެން ކަސްޓަމަރުންނަށް ކްރެޑިޓް މަމެން ބޭނުންކުރާ އެހެން ފަރާތަކަށް ޓްރާންސްފާ ކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށެވެ.