ރަންދިހަފަހެއް

ރައީސް، އާ ނޫޓް ނެރެ ދެއްވުމާއެކު ބޭނުން ކުރަން ފަށައިފި

Jan 26, 2016
ރައީސް ޔާމީން މިއަދު އާ ނޫޓު ސީރިީސް ނެރެދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޕޮލިމާ ކަރުދާހުގައި ޗާޕުކޮށްފައިވާ "ރަންދިހަ ފަހެއް" ގެ އާ ނޫޓު ސީރީޒް ރައީސް އަބްދުﷲ ޔާމީން މިއަދު ނެރެދެއްފައިފި އެވެ. އަދި އާ ނޫޓް ސީރީޒް ރައީސް ނަރެދެއްވުމާއެކު ވަނީ ރަސްމީކޮށް ބޭނުން ކުރަން ފަށައިފަ އެވެ. ރަންދިހަ ފަހެއްގެ އާ ނޫޓު ސީރީޒް ސާކިއުލޭޝަނަށް ރައީސް ޔާމީންނެރެ ދެއްވީ ރައީސް އޮފީހުގައި މީގެ ކުޑައިރު ކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިވަން 50 އާ ގުޅުވައިގެން "ރަންދިހަ ފަހެއް" ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.

މިއަދު މެންދުރުން ފެށިގެން އާ ނޫޓުތައް އޭޓީއެމްއިން ލިބެން ހުންނާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީީބުނެފައެވެ.

މިއަދުގެ ރަސްމިޔާތުގައި، އެމްއެމްއޭގެ ގަވަނަރު ޑރ. އަޒީމް އާދަމް ރަން ދިހަފަހެއް ނޫޓް ސީރީޒްގެ ހަނދާނީ ސެޓެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345