އަޒީމާ އާދަމް

އާ ރުފިޔާ އިން ގަވަރުނަރު ފަޅޮލެއް ބައްލަވައިގެންފި

Jan 26, 2016
1
ގަވަރުނަރު މިއަދު ފަޅޯބައްލަވައި ގަންނަނީ: އެއީ އާ ރުފިޔާ އިން ކުރި ފުރަތަމަ މުއާމަލާތް. -- އަވަސް ފޮޓޯ: މުހައްމަދު އަފްރާހު
0%
0%
0%

ދިވެހި ރުފިޔާގެ އާ ނޫޓްގެ ފުރަތަމަ މުއާމަލާތުގެ ގޮތުގައި، އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މާރުކޭޓުން ފަޅޮލެއް ބައްލަވައިގެންފި އެވެ. އާ ނޫޓް ނެރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތައް ފަހު ގަވަރުނަރު ވަނީ މާރުކޭޓަށް ވަޑައިގެން އެތަނުގެ 25 ނަމްބަރު ގޮޅިން 35ރ. އަށް ފަޅޮލެއް ބައްލަވައިގެންފަ އެވެ.

ފަޅޯ ބައްލަވައި ގަތުމަށް އަޒީމާ، ބޭނުން ކުރެއްވި އަލަށް ތައާރަފް ކުރި 100 ރުފިޔާގެ ނޫޓެވެ. 

ފަޅޯގަތް ގޮޅީގެ ވެރިމީހާ، 100ރ. އާ ނޫޓް ދައްކާލަނީ. -- އަވަސް ފޮޓޯ: މުހައްމަދު އަފްރާހު

އެމްއެމްއޭ އިން ބުނީ މިއީ، އާ ނޫޓް ބޭނުންކޮށްގެން ކުރި ވިޔަފާރީގެ ފުރަތަމަ މުއާމަލާތް ކަމަށެވެ. ރާއްޖޭގެ ހުރިހާ ބޭންކްތަކުން ވެސް ރުފިޔާގެ އާ ނޫޓްތައް މިއަދު ދޫކުރަން ފަށާނެ އެވެ. އަދި އަތޮޅުތަކުގެ ރަށެއްގައި އެންމެ ފުރަތަމަ އާ ނޫޓުން މުއާމަލާތް ކުރަން ހަމަޖެހިފައި ވަނީ ކ. ގުރައިދޫގަ އެވެ.

އާ ނޫޓްތައް ހަދާފައި ވަނީ ސަލާމަތީ ގޮތުން ވަރަށް ރަނގަޅު ފިޔަވަޅުތައް ހިމަނައިގެން، ޕޮލިމާ ކަރުދާހުންނެވެ. އިނގިރޭސިވިލާތުގެ ޑިލަރޫ ކުންފުނިން ޗާޕުކޮށްފައިވާ މި ނޫޓްތަކުގެ ތެރޭގައި ހިމެނެނީ ދިހަ ރުފިޔާ އާއި ވިހި ރުފިޔާ އަދި ފަންސާސް ރުފިޔާގެ އިތުރުން ސަތޭކަ ރުފިޔާ އާއި 500 ރުފިޔާ އަދި މުޅިން އަލަށް ނެރޭ އެއް ހާސް ރުފިޔާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނައީމާ

އަނެއްކާ ތި 100 ރުފިޔާއަކީ ދައުލަތު މާލިއްޔަތުން ނެންގެވި ލާރިބާ ؛

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345