ބޭންކް އޮފް މޯލްޑިވްސް

ރަސްދޫއަށް އުފާވެރިކަން: އޭޓީއެމް ހިދުމަތް ފަށައިފި

Jan 29, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ރަސްދޫ ބްރާންޗުގެ އައު އިމާރާތުގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ.

މީގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ.

ރަސްދޫގައި ގާއިމްކޮށްފައިވާ ބްރާންޗް އަދި އޭޓީއެމްގެ ހިދުމަތާއެކު މިވަގުތު އއ. އަތޮޅުގެ ތިން ރަށެއްގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. އެއީ ތޮއްޑޫ، އުކުޅަސް އަދި މަތިވެރި އެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގަ ތެރޭގައި 20 އަތޮޅުގައި 35 ބްރާންޗް، 84 ސެލްފްސާވިސް ބޭންކިން ސެންޓަރު، 142 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެ އެވެ.

ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތަކަށް ބޮޑު އިސްކަމެއް ދީފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.