ދުނިޔެ

ދެކުނު ކޮރެއާގެ ސިފައިންގެ މީހަކު ކޮރެއާ ބޯޑަރުގައި މެޝިން ބަޑި ޖަހައިފި

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު އުދާސްވެފައި އޮތް ކޮރެއާ ބޯޑަރު ސަރަހައްދުގައި -- ދެ ކޮރެއާ ގުޅޭ ސަރަހައްދުގައި -- ދެކުނު ކޮރެއާގެ ސިފައިންގެ މީހަކަށް އޮޅިގެން މެޝިން ބަޑި ޖެހިއްޖެ އެވެ.

މިއީ ދެކުނު ކޮރެއާ ސިފައިން ހެދި ތަމްރީންތަކެއްގައި ހިނގި ހާދިސާއެކެވެ. އެހެން ނަމަވެސް މިކަމާ ގަންނާކުރެއްވި ބިރުން ދެކުނު ކޮރެއާއިން ވަނީ އުތުރު ކޮރެއާއަށް ގުޅައި ކަންތައް ހިނގައިދިޔަ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެކުނުު ކޮރެއާއިން އޮޅިގެން ގޯހެއް ހެދުނު ނަމަވެސް އުތުރު ކޮރެއާ އޮންނަނީ ރައްދުގައި ހަމަލާދޭން ތައްޔާރަށެވެ.

އުތުރު ކޮރެއާ ރުޅިއެރުވުމަކީ އަލިފާނާ ކުޅުމަށް ވުރެ ވެސް ނުރައްކާތެރި ކަމަކަށް ވެދާނެކަން ދެކުނު ކޮރެއާ ދަނެ އެވެ. އެހެންވެ މިފަދައިން ހިނގާ ކިތަންމެ ކުޑަ ކަމެއް ވެސް -- ނުރައްކާތެރި ކަމަކަށް ވަނީ އެވެ.

ދެކުނު ކޮރެއާގެ ޚަބަރުތައް ބުނާ ގޮތުން މާބޮޑު ވިސްނުމެއް ނެތި ސިފައިންގެ މީހާއަށް ވަނީ މެޝިން ބަޑިން އަސްކަރީ ދަރަޖައިގެ ހަތަރު ވަޒަން ފޮނުވާލެފި އެވެ. އަދި މިއީ އުތުރު ކޮރެއާއަށް އަމާޒުވެއްޖެ ނަމަ ދެ ގައުމުގެ ދެމެދުގައި ހުޅުހިފާ ކަހަލަ އެތިފަހަރެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

ދެކުނު ކޮރެއާގެ ދިފާއީ ބާރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ފޮނުވާލެވުނު ހުރިހާ ވަޒަނެއް ވެއްޓިފައި ވަނީ ދެކުނު ކޮރެއާގެ އިމުގެ ތެރެއަށެވެ.

މިކަމާ ގުޅިގެން އުތުރު ކޮރެއާއިން އެއްވެސް ކަހަލަ ނުރުހުންތެރިކަމެއް ނުފެންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ބަދަލުހިފުމުގެ ގޮތުން ރައްދުގައި އަޑެއްވެސް ލައްވާލާފައި ނުވާ ކަމަށް ވެއެވެ.

އެހެން ނަމަވެސް، ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނާ ގޮތުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލާނެ އެވެ. އަދި ސިފައިންގެ މީހާ ބަޑިޖެހީ ކީއްވެތޯ އޭނާއާ ސުވާލުކުރާނެ އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު މިފަހުން ހޫނު ބަސްތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އުތުރު ކޮރެއާ ބުނާ ގޮތުން ދުޝްމަނުންނަށް (އެމެރިކާއަށް) ދައުވަތުދީގެން އަވައްޓެރި ދެކުނު ކޮރެއާއިން ކުރާ ބުއްދިވެރި އެއްވެސް ކަމެއް ނެތެވެ.

އެމެރިކާގެ ބާރުގަދަ ކޮރެއާ ސަރަހައްދުގައި އުޅޭހާ ހިނދު ދެ ގައުމު ސުލްހަވުން ދުރު ކަމަށް ވެސް އުތުރުން ވަނީ ބުނެފަ އެވެ.