ޑެންމާކްގައި ޤުރުއާން އެންދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ޑެންމާކްގައި ޤުރުއާން އަންދާފައިވަނީ ސްވިޑަންގެ ހަރުކަށި ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ސްޓްރޭމް ކުރުސްގެ ލީޑަރު ލީޑަރު ރަސްމުސް ޕަލުދަމް އެވެ.
ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް ބުނީ އެއީ ހިޔާލުފާލުކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަށް އެކަމުން އަސަރުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ޤުރުއާން އެންދުމަކީ ސުލްހައާއި އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޑެންމާކްގައި ޤުރުއާން އެންދި ރަސްމުސް ޕަލުދަމް ވަނީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ބޭރުގައިވެސް ޤުރުއާން އަންދާފަ އެވެ.
ސްވިޑަންގައި ޤުރުއާން އަންދަން އެގައުމުގެ ސަރުކާރުން ހުއްދަވެސް ދިނެވެ. ދިވެހި ސަރުކާރުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.
ރަސްމުސް ވަނީ މީގެ ކުރިންވެސް ގުރުއާން އެންދުމުގެ ހަރަކާތެއް ހިންގާފަ އެވެ.