ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ފުރަތަމަ ފެނިލުން: މެންދުރުގެ ކެއުމަކުން

Jan 30, 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތް ކުރި ކެމްޕޭން ޓީމުތަކާ އެކު މެންދުރު ކެއުމެއް ބާއްވައިފި އެވެ.

މި ކެއުން ކުރިއަށް ދަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ހުންނަ ދޮންމަނިކު ސްކައި ވިއުގަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދަދެއްގެ ބަޔަކާ އެކު ރައީސް ނަޝީދު ވެސް މި ކެއުުމުގައި އެބައިންނެވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ އަށް ފަހު ނަޝީދު އާންމު ތަނަކުން ފެނުނު މިއީ ފުރަތަމަ އިވެންޓެވެ.

ޕްރައިމަރީގެ ނަތީޖާ ރައީސް ނަޝީދު ގަބޫލުކުރެއްވި ނަމަވެސް ޝަރުތުތަކަކާ އެކު ނޫނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބައިވެރި ނުވާނެ ކަމަށް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އަންގަވާފަ އެވެ.