ބޭންކް އޮފް މޯލްޑިވްސް

2،000 ޑޮލަރުގެ ލިމިޓް ބީއެމްއެލް އިން އުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އެ ބޭންކުން އުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ ހ. މެރިން ޑްރީމް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާމުއި ގައި ހުންނަ ޔޫއެސް ޑޮލަރު އޭޓީއެމްތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ ކަމަށެވެ.

މީގެ އިތުރުން ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތްވެސް ލިބޭނެ އެވެ.