އެމްޓީޑީސީ

އެމްޓީޑީސީއަށް މިދިޔަ އަހަރު 113 މިލިއަން ރުފިޔާ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު -- 113.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ އޮޑިޓް ނުކުރާ މާލީ ބަޔާނުގައިވާ ގޮތުން ހިންގުމާއި އިދާރީ ހަރަދުތައް އަދި ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ފައިދާގެ ގޮތުގައި 2.9 މިލިއަން ޑޮލަރު -- 46 މިލިއަން ރުފިޔާ ލިބުނެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 1.83 މިލިއަން ޑޮލަރު -- 28.2 މިލިއަން ރުފިޔާ އެވެ.

ހިންގުމާއި އިދާރީ ހަރަދުތަކަށްފަހު އެ ކުއާޓަރުގައި ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 955،032 ޑޮލަރު -- 14.7 މިލިއަން ރުފިޔާ އެވެ. ޓެކްސަށް ކެނޑުމަށްފަހު، ފަހު ކުއާޓަރުގެ ފައިދާއަކީ 811،777 ޑޮލަރު -- 12.5 މިލިއަން ރުފިޔާ އެވެ.

އެމްޓީޑީސީ އިން ސަރުކާރަށް ދައްކަންޖެހޭ ދަރަނި 13.5 މިލިއަން ޑޮލަރު -- 208 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެމްޓީޑީސީއަކީ ސަރުކާރުގެ 47 ޕަސަންޓް އަދި އާންމުންގެ 53 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.