ތުލުސްދޫ

އިންޑިއާއިން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

ބޭސް ފަރުވާއަށް އިންޑިއާގައި ހުއްޓާ ގެއްލުނު ދިވެހި މީހާ ފެނިއްޖެ އެވެ.

އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް ތެރެއަށް ގެއްލިގެން ހޯދައިފައި ވަނީ ކ. ތުލުސްދޫ، ޕަރިސްތާ، މުހައްމަދު މަހްދީ (35 އ) އެވެ. އޭނާ ފެނިފައިވާ ކަމަށް އާއިލާއިން ބުނީ މިއަދުގެ ވަގުތެއްގަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން މަހްދީގެ ދައްތަ އައިމިނަތު އަރުޝީ ބުނީ މަހްދީ އިންޑިއާ އަށް ދިޔައީ ބައްޕައާއި ޅިޔަނަކާ އެކު ކަމަށެވެ.

އަރުޝީ ބުނި ގޮތުގައި މަހްދީ އަކީ ނަފްސާނީ މައްސަލައެއް ކަމަށްވާ "ބައިޕޯލާޑިސްއޮޑާގެ ސީރިއަސް" ހާލަތެއްގައި ހުރި ކޮއްކޮއެއް ކަމަށެވެ.

"އަސްލު މަހްދީ ބައިޕޯލާޑިސްއޮޑާއަށް ފަރުވާކުރާތާ ހަތަރު އަހަރުވެއްޖެ. ބައެއް ފަހަރު ބޭހަށްވެސް ނުގުޑާ. މިއަދުވެެސް ޑޮކްޓަރަށް ދެއްކުމަށްފަހު ހިތްހަމަނުޖެހިގެން އުޅުމަށްފަހު އެތަނުން ބައެއް މީހުންނަށްވެސް އޭނާ ނުހިފެހެއްޓި އެ ދިޔަ ގޮތަށް ގެއްލިފައި ވަނީ. އަދި ހަބަރެއް ނުވޭ،" އަރުޝީ ބުންޏެވެ.

މަހްދީ ގެއްލުމުން އޭނާ ހޯދަން އާއިލާގެ ފަރާތުން އިންޑިއާ ފުލުހުންނާއި ދިވެހިން ފުލުހުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.