ރައީސް އަބްދުﷲ ޔާމީން

ރައީސް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ

Jan 26, 2016

އައްޑު އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ރައީސް އަބްދުﷲ ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް މާދަމާ ރައީސް ފުރާވަޑައިގަންނަވާ ގަޑި އާންމުކޮށްފައި ނުވި ނަމަވެސް ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް މާދަމާ އައްޑުއަށް ވަޑައިގަތުމަށް ފަހު މާދަމާގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ރައީސް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ މިނިވަން ފަންސާހުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ޝަރަފުވެރިކޮށް ދެއްވުމަށެވެ.

މާދަމާ ފައިނަލް މެޗްގައި ބައްދަލު ކުރަނީ ގދ. ފަރެސްމާތޮޑާ ޓީމާއި ސ. ފޭދޫ އެވެ.