ފިނިޕޭޖް

ވެނޭސާ ހަޖަންސް އެންގޭގްވެއްޖެ

ޑިޒްނީގެ "ހައި ސްކޫލް މިއުޒިކަލް" ފިލްމް ސީރީޒް އިން މަޝްހޫރުވި ވެނެސާ ހަޖަންސް އެންގޭޖްވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ވެނޭސާ އެންގޭޖްވީ އޭނާގެ ލޯބިވެރިޔާ، 24 އަހަރުގެ ކޯލް ޓަކާއާ އެވެ. ކޯލް އަކީ ބޭސްބޯލް ކުޅުންތެރިޔެކެވެ.

މި ދެ ލޯބިވެރިންގެ ގުޅުމާ ބެހޭގޮތުން ފުރަތަމަ އަޑުއަރާފައިވަނީ ނޮވެމްބަރު 2020 ގައެވެ. ވެނެސާ ބުނި ގޮތުގައި އޭނާ ކޯލްއާ ބައްދަލުވެފައިވަނީ ޒޫމްގެ މެޑިޓޭޝަން ގްރޫޕް ކޯލަކުންނެވެ.

ވެނޭސާ، އޭނާ އާއި ކޯލްގެ އެކި އިވެންޓްތަކުގައި އަދި މުނާސަބަތުތަކުގައި ނަގާފައިވާ ފޮޓޯތައް އިންސްތަގްރާމްގައި ޕޯސްޓްކުރެ އެވެ. އަދި ލޯބީގެ މެސެޖްތައްވެސް އެ ޕޯސްޓްތަކުގައި ލިޔެފައި ހުރެ އެވެ.

މީގެ ކުރިން ވެނޭސާ ވަނީ ޒެކް އެފްރޯން އާއި އޮސްޓިން ބަޓްލާއާ ލޯބީގެ ގޮތުން ގުޅިފަ އެވެ.

ވެނޭސާ "ޖާނީ 2: މިސްޓީރިއަސް އައިލެންޑް"، "ބީސްޓްލީ"، "ސަކާޕަންޗް"، މެޝެޓީ ކިލްސް"، "ބޭޑް ބޯއިޒް ފޮ ލައިފް"، "ޓިކް ޓިކް ބޫމް" ނެޓްފްލިކްސްގެ "ޕްރިންސަސް ސްވިޗް" ފިލްމް ސީރީޒް ފަދަ ފިލްމު ކުޅެފައިވެ އެވެ.