މޯލްޑިވްސް ޕޮލިސް ސާވިސް

މަޖިލިސް ސަރަހައްދުން އިދިކޮޅު ކޯލިޝަނުގެ ހަ މީހަކު ހައްޔަރުކޮށްފި

މަޖިލިސް ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް
0%
0%
0%

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ރައީސުލްޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އޮންނާތީ މަޖިލިސް ސަރަހައްދަށް އެއްވެ ތިބެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރުންތަކެއް ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އަވަސްއަށް ވިދާޅުވީ، އެއްވެ ތިބި މެމްބަރުންގެ ތެރެއިން ހަ މީހުން ފުލުހުން ހައްޔަރުކޮށްފައި ވާކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ މެމްބަރުން އެ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަމުން ދާތީ ފުލުހުން ވަނީ އެ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި އަޑުގަދަ ކުރެއްވި ފަސް މެންބަރެއްގެ ނަން އިއްވުމަށްފަހު މަޖިލިސް ވަނީ މެދުކަނޑާލާފައެވެ. އަދި މިހާރު ޖަލްސާ ވަނީ އަލުން ފަށާފައެވެ.

މަޖިލިސް ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ޒައިން އިބްރާހީމް | އަވަސް

މި މެމްބަރުންވަނީ ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއިއެކު ކޮށްޅަށް ތެދުވެ އަޑުގަދަކޮށް، ރައީސްގެ "އިސްތިއުފާ"އަށް ގޮވާލާފައެވެ.

ނަން އިއްވެވި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމު އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910