ޕީޕީއެމް

މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިޔަކަށް އަނިޔާވެއްޖެ

ޗެނަލް 13ގެ ފޮޓޯގްރާފަރު. އޭނާގެ ބޮލަށް ވަނީ އަނިޔާވެފައި. -- ފޮޓޯ: ޕީޕީއެމް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި އިދިކޮޅުން ކުރަމުން ދިޔަ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަމުން ދިޔަ އިރު އިދިކޮޅުން ދިޔައީ ސޯސަން މަގުގައި އިހުތިޖާޖު ކުރަމުންނެވެ.

މުޒާހަރާގެ ބައިވެރިން މަޖިލީސް ކުރާ ގެ ކައިރިއަށް ދާން މަސައްކަތް ކުރުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް އެ މީހުން ހުއްޓުވާފަ އެވެ. ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް ވަނީ އަނިޔާވެފަ އެވެ. މީގެ ތެރޭގައި ޗެނަލް 13ގެ ދެ ނޫސްވެރިންވެސް ހިމެނެ އެވެ.

ޗެނަލް 13ގެ ވީޑިއޯރާފަރު ވެއްޓިފައި. -- ފޮޓޯ: ޕީޕީއެމް

ޗެނަލް 13ގެ ދެ ނޫސްވެރިންނަށް އަނިޔާވެގެން ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު ދަނީ ދައުރު ވަމުންނެވެ. އެ ފޮޓޯ ތަކުން ފެންނަ ގޮތުގައި ދެ ނޫސްވެރިންގެ އަތުގައިވެސް މީޑިއާ ފާސް އޮތެވެ. އަދި ވެއްޓިފައި އޮތް އެއް ނޫސްވެރިޔާ އޮތީ ހޭނެތިފައި ކަމަށް މަންޒަރުދުށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ނޫސްވެރިންނަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖެހުމުގެ ތެރޭގަ އެވެ. އެ ގޮތުން އަނިޔާވި އެއް ނޫސްވެރިއެއްގެ ބޮލަށް އަނިޔާވެ މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ނޫސްވެރިން މަގުމައްޗަށް ވެއްޓިފައި އޮތް ވަގުތު ފުލުހުންވެސް ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910