ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުކުޅެދުންތެރިންގެ ދަފްތަރު ނިންމައިފި، ބޮޑު އެލަވެންސް ޖޫންގައި

ލޯފަން ކުއްޖެއްގެ ވާހަކަތައް ރައީސް ސޯލިހު އަޑުއައްސަވަނީ. -- ފޮޓޯ: ރައީސް ސޯލިހު
0%
0%
0%

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލާ ނިމިފަިއވާ ކަމަށާއި އެ މީހުންނަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހު ބޮޑު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެންމެ ފަހުން އިއްވި ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު މިހާރު އެކުލަވާލާ ނިމިފައިވާ ކަމަށެވެ.

މި ދަފްތަރާ އެއްގޮތަށް އެލަވަންސް ބޮޑު ކުރާނީ މިއަހަރުގެ ޖޫން މަހުގައި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން އެ މީހުންނަށް ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާތެރޭ ހުޅުމާލޭގައި ހުޅުވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތް ބޮޑުކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު މިދިޔަ އަހަރު އިއުލާނު ކުރައްވާފައި ވަނީ ނުކުޅެދުންތެރިންކަން ހުންނަ މީހުންގެ ފަރާތުން އެކަމަށް އެދުމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ދައުލަތުން މިހާރު ދެނީ 2،000 ރުފިޔާގެ މަހު އިނާޔަތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910