ބޯހިޔާވަހިކަން

"ގެދޮރުވެރި ކުރުން" ފްލެޓްތަކަށް ފައިސާ ދައްކަން ލުއިގޮތްތަކެއްް

Feb 7, 2023
1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ގެދޮރުވެރި ކުރުން" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ ހުރި ތަންތަނުގެ ކުލި "ރީޝެޑިއުލް" ކޮށްދޭން ނިންމައި އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ "ގެދޮރުވެރި ކުރުން" ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވާ 704 ފްލެޓްގެ ތެރެއިން ފައިސާ ނުދައްކާ ހުރި ފްލެޓްތަކަށް ރީޝެޑިއުލްކޮށްގެން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި މި މަހުގެ ނިޔަލަށް އެކަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

ޗައިނާ އިން ލޯން ނަގައިގެން އެ ގައުމުގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އިން ހަދާފައިވާ ފްލެޓްތައް ދޫކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

ޕްލޭނިން މިނިސްޓްރީން މީގެކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ތެރެއިން ދޫކޮށްފައިވާ ދޫކޮށްފައިވާ ފްލެޓްތަކަށް 31-41 ޕަސެންޓް މީހުން ގަވާއިދުން ކުލި ނުދައްކަ އެވެ. ނަމަވެސް އެފަދަ މީހުންނާ ދެކޮޅަށް އެއްވެސ ފިޔަވަޅެއް ނާޅަ އެވެ.

ދިވެހި ސަރުކާރުން މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ހިޔާ ފްލެޓްތަކަށް ވެސް ބައެއް މީހުން ގަވައިދުން ފައިސާ ނުދައްކަ އެވެ.