ހަބަރު

ތިނަދޫއަށް ވަގުތީ ކަރަންޓް ދޭނީ ފުރިހަމައަށް: ނިމާލް

ގދ. ތިނަދޫ ކަރަންޓަށް ވަގުތީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ވަގުތީ ހައްލަކީވެސް ފުރިހަމަ ހައްލަކަށް ވެގެންދާނެ ކަމަށާއި ކަރަންޓު ކަނޑަ ކަނޑައިގެން ދިއުން ފަދަ ކަންކަން މެދުވެރިނުވާނެ ކަމަށް ފެނަކައިގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ވަގުތީ ހައްލުގައި ޖަނަރޭޓަރު ތައް ހުންނާނީ ގޯތި ތެރޭގައި ޓެންޓެއް ޖަހައިގެން އޭގެ ދަށުގައި ކަމަށާއި ދާއިމީ ހައްލެއް ގެންނަން ދެމަހެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެއީ އިންޖީނުގެ، އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ހުރި ހާލަތައް އަދި އެއަށްވުރެ ރަނގަޅު ހާލަތަކަށް ގެންނަން މަސައްކަތް ތަކެއް ކުރަން ޖެހޭތީ ކަމަށެވެ.

އަދި ކޮންޓްރޯލް ރޫމާއި އިންޖީނު ރޫމްވެސް އެއްކޮށް އަނދާފައިވާތީ އިމާރާތް އަލުން ހަދަން ޖެހޭކަން ނިމާލް ފާހަގަ ކުރެއްވި އެވެ. ނިމާލް ވިދާޅުވީ އެފަދަ މަސައްކަތްތަކެއް ކުރަން ދެމަހެއްހާ މުއްދަތަކީ ކުރު މުއްދަތެއް ކަމަށެވެ.

" ކަރަންޓަށް ދާއިމީ ހައްލެއް ގެންނަށް ދެމަހެއްހާ ދުވަސް މިސަބަބުތަކާއި ހެދި ނެގިނަމަވެސް މިމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ނިމުނީމަ ތިނަދޫ ހުރިހާ ރައްޔިތުންނަށް ކަރަންޓު ލިބިގެން ހަމަ ދާނެ ކަމުގެ ޔަގީންކަން އަރުވަން ވަގުތީ ކަރަންޓެއްގެ ތެރޭގައިވެސް ވަގުތީ ކަރަންޓެއް ދޭން ކުރާ މަސައްކަތްތައް ނިމުނީމަ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ޖަނަރޭޓަރު އިންސްޓޯލް ކުރެވި އާއްމު ހުރިހާ ރައްޔިތުންނަށް ކަރަންޓު ދޫކުރެވިގެންދާނެ." ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އާއްމު ހިދުމަތްދޭ ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޭންކާއި ތިނަދޫގެ ތިން ސްކޫލަށް ވެސް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނިމާލު ވިދާޅުވި އެވެ. ސްކޫލްތައް މާދަމާ ހުޅުވޭވަރު ވާނެ ކަމަށާއި މިއަދު އިރިއޮއްސޭއިރަށް ސްކޫލުތަކަށް ކަރަންޓު ފޯރުކޮށްދީ ނިމޭނެ ކަމަށް ވިދާޅުވިއެވެ.


އިތުރު ދެ އިންޖީނު މިރޭގެ ވަގުތެއްގައި ތިނަދޫއަށް ފޮނުވާލާނެ ކަމަށާއި މާދާމާ ނޫން އަނެއް ދުވަހު ތިނަދޫއަށް އެ ތަކެތި ގެންގޮސް އިންޖީނު އިންސްޓޯލް ކުރާތާ ނުވަ ގަޑިއިރުގެ ތެރޭގައި އާއްމުންނަށް ހިދުމަތް ދޭން ފެށޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ ފެނަކައިގެ ޓެކްނިކަލް ޓީމެއް ތިނަދޫގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ތިނަދޫއަށް މިހާރު ވަނީ ލ. ގާދޫ އިންޖީނު ގޭގައި ހުރި ޖަނަރޭޓަރު ވެސް ގެންގޮސްފަ އެވެ. އަދި އެ ޖަނަރޭޓަރުގެ އެހީގައި ފެން އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގއ. ވިލިގިލިންނާއި މާމެންދޫއިން ވެސް ޖަނަރޭޓަރު ގެންގޮސް ހޮސްޕިޓަލަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެއިތުރުން ދިރާގުން ވެސް ވަނީ ތިނަދޫއަށް ޖަނަރޭޓަރެއް ހަދިޔާކޮށްފައެވެ. އަދި ތިނަދޫ އުރީދޫ ސައިޓް އޮފީހުގައި ހުރި ބެކަޕް ޖަނަރޭޓަރުން ހޮސްޕިޓަލަށް ކަރަންޓު ދަނީ ފޯރުކޮށްދެމުންނެ