ޔުކްރޭނަކީ ޔުރަޕްގެ އާއިލާއެއް ކަމަށް ވިދާޅުވެ ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވާހަކަދައްކަވައިފި އެވެ.
ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން އާއި ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލަންސްކީގެ ހާޒިރުގައި ޗާންސެލަރު ވިދާޅުވީ މިއަދު (ބުރާސްފަތި ދުވަހު) އޮންނަ ޔޫރަޕިއަން ޔޫނިއަންގެ ސަމިޓަށް ވެސް މި މެސެޖް ހުށަހަޅުއްވާނެ ކަމަށެވެ.
ޔޫރަޕް އޮތީ ޔުކްރޭނަށް އެހީތެރިކަން ބޭނުންވާހާ ދުވަހެއް ވަންދެން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށްވެސް އޯލަފް ޝޯލްޒް ވިދާޅުވި އެވެ.
ޒެލެންސްކީ މިހާރު އުޅުއްވަނީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރެއްގަ އެވެ.
އިނގިރޭސިވިލާތަށް ވަޑައިގެން ބޮޑުވަޒީރު ރިޝީ ސުނާ ވެސް ޒެލެންސްކީ ބައްދަލުކުރެއްވި އެވެ. އަދި ޔުކްރޭނަށް އެހީވުމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާކުރެއްވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ރަސްގެފާން ޗާލްސް ވެސް ޒެލެންސްކީއާ ބައްދަލުކުރެއްވި އެވެ.
އިނގިރޭސިވިލާތަށް ފަހު ޒެލެންސްކީ ދެން ވަޑައިގަންނަވާނީ ފްރާންސަށެވެ. އެއަށް ފަހު ޖަރުމަނަށެވެ.
ފްރާންސަށް ވަޑައިގެން އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ޖަރުމަނުގައި ވެސް ހަމަ މިވާހަކަތައް ތަކުރާރުކުރައްވާނެ ކަމަށް ވެއެވެ.
ޒެލެންސްކީ ދަތުރު ނިންމަވާލައްވާނީ ބްރަސެލްސްއަށް ވަޑައިގަތުމަށް ފަހު އެވެ. އެއީ ޔޫރަޕިއަން ޔޫނިއަން ސަމިޓްގައި ވާހަކަދެއްކެވުމަށްފަހު އެވެ.