އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ސްވީޓް ސަޕްރައިޒްގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ކައިރީގައާއި ދުރުގައި ތިބި އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ހާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފޮނުވާލެވޭނެ އެވެ.
މި ޕްރޮމޯޝަންގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ހާއްސަ ބްރައުނީ ހިމެނެ އެވެ.
ލޯބިވާ މީހުންނަށް މީރު ސަޕްރައިޒެއް ފޮނުވަން ހަދާނެ ގޮތް
- މޫލީ ފިހާރައަށް ޒިޔާރަތްކުރުން www.moolee.mv
- ޝޮޕް ހިޔާރުކުރުމަށްފަހި SWEET SURPRISE ނުވަތަ ބޭނުންވަ ކެޓެގަރީއެއް ހިޔާރުކުރުން
- ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު ADD TO CART އަށް ފިއްތާލުން
- ކާޓް އަށް ގޮސް ޗެކްއައުޓް ކުރުން
- ޑެލިވާ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖެހުން
- އޯޑަރު ކަށަވަރު ކުރުމަށް ޕޭމަންޓް ކޮންފާމް ކުރުން
ސްވީޓް ސަޕްރައިޒް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުޅިން ހިލޭ ޑެލިވާކޮށްލެވޭނެ އެވެ.