މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގަ އެވެ. ފުލުހުންނަށް މާރާމާރީގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:00 ހާއިރު އެވެ.

މާރާމާރީގައި ޒަހަމްވި މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގީ ގޭންގްތަކެއްގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.