ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބޭރު މީހުންނަށް ބިން ވިއްކާތީ ވިޔަފާރިވެރިން ރައީސްގެ އަރިހަށް

އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ރައީސް ސޯލިހާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
33.3%
33.3%
33.3%

ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން ދިވެހި ވިޔަފާރިވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލާފައިވާތީ އެކަމުގެ ޝަކުވާތަކާއި އެކު ރައީސް ސޯލިހްގެ އަރިހަށް ގޮސްފައިވަނީ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނިތަކެއްގެ ވެރިންނެވެ.

ރައީސް ސޯލިހްއާއި ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ސޮނީ ހާޑްވެއާ އާއި ދަ ހޯކްސް ކުންފުންޏާއި ސަން ފްރޮންޓްގެ އިތުރުން އެލިއާގެ ވެރިން ހިމެނެ އެވެ. ވިޔަފާރިވެރިންގެ މި ވަފުދުގެ އިސް ބޭފުޅަކަށް ހުންނެވީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.

ރައީސް ސޯލިހާ ބައްދަލުކުރެއްވި ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރުމެވެ. އެ ބޭފުޅުން ވިދާޅުވީ އެގޮތަށް ބިން ދޫކުރާނަމަ ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ފޮރިންޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ ތިލަފުށިން ބިން ނުވިއްކާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބޭރު ފަރާތަކަށް ދޫކުރާ ބިމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގެއްލުން ވާނެ ގޮތަށް ބިން ދޫނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށްވެ އެވެ.

މީގެ އިތުރުން ބިޑް ނުކޮށް ތިލަފުށިން އެއްލައްކަ އަކަފޫޓުގެ ބިންތަކެއް ދިނުމަށް ޕްލޭންކޮށްފައިވާކަން އަވަސްއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ދިވެހިންނާއި ބިދޭސީންނަށްވެސް ބިން ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ލިބެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަހަ

އެކަމަކު މި މީހުންނާ މި މީހުންގެ ދަރިންނަށް ވާރުތަ އަރާފަހެން ހީވަނީ ރާއްޖެ އޮންނަންވަނީ އަބަދު. މިހާރުވެސް ތިކިޔާ މުހައްމަދު އަލީ ޖަނާހު އެތައް ބައެއް އަތުން ލާރިނަގައިގެން އެޕާޓްމަންޓް ނުދީ އެބަހުރި. އޭނަ ލާރި ނުދައްކައިގެން އެތަކެއް މައްސަލަ ކޯޓުގައި އެބަހުރި. ލަދު ހަޔާތް ވެސް ކުޑައީ ދެއްތޯ

ރާއްޖެ

މިކަހަލަ ބޮޑެތި ޕޮލިސީތައް ނިމިގެން އަންނަނީ އަވައްޓެރި ގައުމަކުން އަންގާ ގޮތަކަށް އެހެންވީމާ މި ގައުމުގެ ރައީސަށް މިކަންކަން ރޭކާ މިލަނީ ކަންވެ ނިމޭ ފަހުން.

މަމިބުނީ

ރަނގަޅުވޭ އެބަ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910