ދުނިޔެ

އިންޑިއާ އެބަ ކުރިއަރާ، އެކަމަކު އެވާހަކައެއް ނުދައްކާ: ޓްރަންޕް

ކޮންމެ މީހަކަސް ކޮންމެ ތަނަކަށް އަދި ކޮންމެ ބަޔަކަށް ވިޔަސް ކުރިއެރުމެއް ލިބެންޏާ އެވާހަކަ ދައްކަން ޖެހޭނެ އެވެ. އެހެން ނަމަވެސް އާއްމުކޮށް ދެއްކޭނީ ގޯސްކޮށް ކުރެވޭ ކަންތަކުގެ ވާހަކަ އެވެ. ނުކުރެވި އަތުން ދޫވާ ކަންކަމުގެ ވާހަކަ އެވެ. ދަށްވާނަމަ އެވާހަކަ އެވެ. އެމެރިކާގެ މަޝްހޫރު ބިލިއަނަރު، އަދި ޕޮލިޓީޝަން ޑޮނާލްޑް ޓްރަމްޕްވެސް މި ދައްކަނީ އެވާހަކަ އެވެ.

އިންޑިއާ މިހާރު ކުރިއަރަމުން އެބަ އަންނަ ކަމަށާއި ނަމަވެސް އެއްވެސް މީހަކު އެވާހަކަ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް މިދިޔަ ހޯމަދުވަހު ދިން އިންޓަވިއުއެއްގައި އިންޑިއާ އާއި ބެހޭގޮތުން ޓްރަމްޕް މިދެއްކެވި ވާހަކަ އަކީ 2016 ވަނަ އަހަރުގެ އެމެރިކާގެ ވެރިކަމުގެ އިންތިހާބަށް ކުރިމަތިލެއްވި ފަހުން އިންޑިއާ އާއި ބެހޭގޮތުން ދެއްކެވި ފުރަތަމަ ވާހަކަ އެވެ.

ނަމަވެސް މީގެކުރިން ދިން ސްޕީޗްތަކެއްގައި ޗައިނާ، މެކްސިކޯ އަދި ޖަޕާނާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.

"އެހެން ގައުމުތަކުން ކުރިއަރައިގެން އަންނަ އިރު އެ ވާހަކަ އެބަދައްކާ، އެކަމަކު އިންޑިއާ ވީމަ އެއްވެސް ބަޔަކު އެވާހަކައެއް ނުދައްކާ" ޓްރަމްޕް ވިދާޅުވި އެވެ.