ރާއްޖެއާއި ޗައިނާގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފި އެވެ.
ދެ ގައުމުގެ ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދޫކުރަން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އެވެ.
މިއެއްބަސްވުމަށް އަމަލުކުރުން ފަސްކޮށްފައި އޮތީ ކޮވިޑް 19ގެ ފިޔަވަޅުތައް ޗައިނާ އިން ދޫކޮށްލާފައި ނުވާތީ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ބުނީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށްޓަކައި 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް އޮން އެރައިވަލް ވިސާ މިހާރު ލިބޭނެ ކަމަށެވެ.
ޗައިނާ އެމްބަސީން ބުނީ ރާއްޖޭގައި ހުރުމަށް ނުވަތަ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުމަށް ނުވަތަ އެއްވެސް ކަހަލަ މަސައްކަތެއް ކުރުމަށް ނުވަތަ ވިޔަފާރިއެއް ކުރުމަށް ރާއްޖެ އަންނަ ނަމަ ވިސާ ހޯދަން ޖެހޭނެ އެވެ.
ރާއްޖެއާއި ޗައިނާ އިން މިދިޔަ އަހަރު ވަނީ ތަފާތު އެކި ދާއިރާ ތަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. ޗައިނާގެ ކުރީގެ ހާރިޖީ ވަޒީރު ވެސް މިދިޔަ އަހަރު ރާއްޖެ ވަޑައިގެންނެވި އެވެ.