އެސްޓީއޯ

އެސްޓީއޯއިން ހިޓާޗީގެ އާ އުފެއްދުންތަކެއް ބާޒާރަށް ނެރެފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިޓާޗީގެ އާ އުފެއްދުންތަކެއް ބާޒާރަށް ނެރެފި އެވެ.

ހިޓާޗީގެ އާ އުފެއްދުންތައް ބާޒާރަށް ނެރުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މި އުފެއްދުންތައް ތައާރަފް ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރު ސޭލްސް، ޓަރުން ޖައިން އެވެ.

އެސްޓީއޯއިން މިފަހަރު ތައާރަފްކުރި ހިޓާޗީގެ އުފެއްދުންތަކުގެ ތެރޭގައި އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަންގެ އިތުރުން ޗެސްޓް ފްރީޒާ ހިމެނެ އެވެ.

ހިޓާޗީއަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.