އިންޓަނެޓުގައި ކޮންމެ ދުވަހަކުވެސް ވަރަށް މަޖާ ވީޑިއޯތަކާއި ފޮޓޯތައް މީހުން ޕޯސްޓްކުރެ އެވެ. އެގޮތުން އިއްޔެ ޓުވިޓާގައި ޕްރޮފެސަރަކު ވަރަށް މަޖާ ވާހަކައެއް ހިއްސާކޮށްފައި ވެއެވެ. އަދި އޭނާގެ މި ޓުވީޓަށް އެތައް މިލިއަން ބަޔަކު އިޖާބަ ދީފައި ވެއެވެ.
ޕްރޮފެސާ ޖޯސެފް މުލިންސްގެ ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި ހެނދުނު 8:15 ގައި ފެށެން އޮތް ކްލާހަށް އޭނާ ވަޑައިގަތްއިރު އެންމެ ދަރިވަރަކު ވެސް ކްލާހަކަށް ނާދެ އެވެ.
"މިއަދު ހެނދުނު 8:15 ގައި އޮތް އަހަރެންގެ ކްލާހަށް އެންމެ ދަރިވަރަކު ވެސް ނާދޭ. މިއީ 40 ދަރިވަރުން ތިބޭ ކްލާހެއް. އެހެންވެ ހުހަށް އޮތް ކްލާހެއްގައި އިށީނދެގެން މީނީ. އަހަރެން ވަރަށް ދެރަވެ މާޔޫސްވެގެން އެމީހުންނަށް އީމެއިލް ކުރިން. އަހަރެން މެއިލް ފޮނުވިތާ ދެ މިނިޓެއްހާއިރު ތެރޭ ޖަވާބު އައި: "ޕްރޮފެސާ. އަޅުގަނޑަށް ހީވަނީ ތި އިންނެވުނީ ރަނގަޅު ކުލާހުގައި ނޫންހެން". އެހެންވެ އަހަރެން ބިމުގައި ވަޅެއް ކޮނެ އޭގައި ވަޅުލެވެން ހިތަށް އެރި،" ޕްރޮފެސަރުގެ ޓުވީޓުގައި ވެއެވެ.
އޭގެ ފަހުން އަނެއްކާވެސް ޕްރޮފެސަރު ޓުވީޓެއް ކުރެއްވި އެވެ. އެ ޓުވީޓުގައި ވިދާޅުވެފައިވާ ގޮތުގައި އޮސްޓްރޭލިއާގައި ހުރި އޭނާގެ އެކުވެރިޔަކާއެކު އޮންލައިންކޮށް ގޭމެއް ކުޅެން މާލަސްވަންދެން އިންނެވުނީ އެވެ.
"ގޭމް ކުޅެން އިންނަން ހަދައިގެން އަހަރެން ނިދިން މަހްރޫމްވެފައިވާކަން މިތާގައި ހާމަކޮށްލަން އަހަރެންގެ އަންހެނުން އެދޭ،" ޕްރޮފެސަރު ލިޔެފައި ވެއެވެ.
އިސާހިތަކު ޕްރޮފެސަރުގެ ޓުވީޓް ވައިރަލްވެ 20 މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފައި ވެއެވެ. އަދި އެހާ ގިނަ ލައިކްސް ވެސް މި ޓުވީޓަށް ލިބިފައި ވެއެވެ.
މި ޓުވީޓަށް ކޮމެންޓުކުރި އެކަކު ބުނީ ޓުވީޓް ކިޔާފައި އޭނާ ހީނ ހީނ ހަލާކުވެއްޖެ ކަމަށާއި ނަމަވެސް ޕްރޮފެސަރުގެ ހާލު އޭނާއަށް ވިސްނޭ ކަމަށެވެ. އޭނާއަކީ ވެސް ޓީޗަރެއް ކަމަށާއި ބައެއް ފަހަރަށް އެންމެ ހެނދުނާ އޮންނަ ކްލާހަށް ދާއިރު އެ ކަހަލަ މައްސަލަ ބައެއް ފަހަރު ދިމާވާ ކަމަށެވެ.
ދެވަނަ މީހަކު ބުނެފައިވަނީ އޭނާއަކީ ފަސް ކޮލެޖަކަށް ކިޔަވައިދޭންދާ ޓީޗަރެއް ކަމަށާއި ކްލާސް އޮޅިދާނެތީ ކޮންމެ ކްލާހެއްގެ ފޯލްޑަރުގައި އެ ކްލާހުގެ ނަންބަރު ލިޔެގެން އުޅޭ ކަމަށެވެ.