ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފް ބެލެހެއްޓުން ފިނޭންސާ ހަވާލުކުރަން ކޮމިޓީން ތާއީދު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސް ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފައިނޭންސް މިނިސްޓްރީންނެވެ.

އެސްޑީއެފް މިހާރު ބަލަހައްޓަމުން ގެންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގައި މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް އެވެ.

މި ބިލް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ބަހުސްކޮށްފަ އެވެ. މިހާރު އޮތް ގޮތަށް އިސްލާހު ފާސްވެއްޖެނަމަ، މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑަކަށް އެސްޑީއެފް ވެގެންދާނެ އެވެ.

މީގެ އިތުރުން ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޓީން ނިންމީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ ގާނޫނުގައި ކުރިންވެސް އޮތް ގޮތަށް ބޭވުމަށްވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް ބަދަލުކުރުމަށް ކޮމިޓީގެ މެންބަރުން ދެކޮޅު ހެއްދެވީ ދައުލަތުގެ ދަރަނި 100 ބިލިއަނަށް އެރުމާ ގުޅިގެންނެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ރާއްޖެ ކަހަލަ ގައުމަކުން ލޯނު ނަގާނަމަ އެކަންކުރުމުގެ ބާރު ހަމައެކަނި ފިނޭންސް މިނިސްޓަރަށް މުތުލަގަށް ދީފައިވާ އޮތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ލަފާ ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910