ގަން އިންޓަނޭޝަނަލް އެއާޕޯޓް

އައިއޭޓީއޭގެ އިތުރު އެކްރެޑިޓޭޝަނެއް ގަން އެއާޕޯޓަށް

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ)ގެ ސޭފްޓީ އޮޑިޓް ގްރައުންޑް ފޯ ގްރޭންޑް އޮޕަރޭޝަންސް (އައިއެސްއޭޖީއޭ)ގެ އެކްރެޑިޓޭޝަން، ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ)އަށް ލިބިއްޖެ އެވެ.

ޖީއައިއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ އެތައް އޮޑިޓަކަށްފަހު އައިއެސްއޭޖީއޭ ސްޓޭންޑާޑަށް އެއާޕޯޓް ފެތި، އޭގައި ރަޖިސްޓްރީވެވި އެކްރެޑިޓްވުމަކީ އެ އެއާޕޯޓަށް ލިބުނު ބޮޑު ކުރިއެރުމަށް ކަމަށެވެ.

ގަން އިންޓާނޭޝަނަލް އެއާޕޯޓްގެ އޮޑިޓް ހަދާފައިވާ ދާއިރާތައް

  • އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް (އޯއާރްއެމް)
  • ލޯޑް ކޮންޓްރޯލް (އެލްއޯޑީ)
  • ޕެސެންޖާ އެންޑް ބެޖޭގް ހޭންޑްލިން (ޕީއޭބީ)
  • އެއާކްރާފްޓް ހޭންޑްލިން އެންޑް ލޯޑިން (އެޗްޑީއެލް)
  • އެއަކްރާފްޓް ގްރައުންޑް މޫވްމަންޓް (އޭޖީއެމް)
  • ކާގޯ އެންޑް މެއިލް ހޭންޑްލިން (ސީޖީއެމް)

ޖީއައިއޭއަށް އައިއެސްއޭޖީއޭގެ އެކްރެޑިޝަން ލިބިފައިވާއިރު، އެ އެއާޕޯޓުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކަރުން އަންނަނީ ތައްޔާރުވަމުންނެވެ.

މި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓާސް ކުންފުންޏާ އެވެ.

ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.

ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.