ދިރާގު

ދިރާގު ސަޅި ޕްރީޕެއިޑްއާއެކު ކޮންމެ ދުވަހަކު 6ޖީބީ ޑެއިލީ ޑޭޓާ

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑެއިލީ ޑޭޓާ ލިބޭ ޕްލޭނެއް ތައާރަފުކޮށްފި އެވެ.

މި ސަޅި ޕްރީޕެއިޑް ޕްލޭންއާއެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ޖުމްލަ 180ޖީބީ އެންމެ 745 ރުފިޔާއަށް ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި ދިރާގު އެޕް އަދި 343 އަށް "S4GB30" ޖަހާފައި އެސްއެމްއެސް ކޮށްލައިގެން ޕްލޭން އެކްޓިވޭޓްކޮށްލެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.