ބޭންކް އޮފް މޯލްޑިވްސް

ކިއުއާރު ކޯޑް މުއާމަލާތްތައް ބީއެމްއެލްއިން ލިމިޓްކޮށްފި

ކިއުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓްކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއަދުން ފެށިގެން ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ އެވެ.

ބޭންކުން ގެނައި ބަދަލާއެކު ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ކުރެވޭނީ ގިނަވެގެން 10 މުއާމަލާތެވެ.

ބީއެމްއެލް އިން ބުނީ މި ލިމިޓްތަކަށްވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.