އުރީދޫ

މޫލީއިން މިއުޒިކަލް އައިޑޮލްގެ ޓިކެޓު ގަނެވޭނެ

މިއުޒިކަލް އައިޑޮލްގެ ޓިކެޓް، އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް -- މޫލީ އިން ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ މިއުޒިކަލް އައިޑަލްގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ހުނަރުވެރި ލަވަކިޔުންތެރިން ބައިވެރިވާނެ އެވެ.

މި ޝޯގައި އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާފިޔަތުގެ ހުށަހެޅުންތައް ވެސް މި ޝޯއިން ފެނިގެންދާނެ އެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތައް

  • ރެގިއުލާ ކްލާސް: 80 ރުފިޔާ
  • ފަސްޓް ކްލާސް: 150 ރުފިޔާ
  • ސިލްވާ ކްލާސް: 500 ރުފިޔާ

މޫލީއިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ އެވެ. އަދި މިއުޒިކަލް އައިޑަލްގެ ލިންކުށް ވެސް ބޭނުންވާ ޓިކެޓް ކެޓަގަރީ ޓިކެޓް ގަނެވޭނެ އެވެ.