ބާ ކައުންސިލް

ބާ އިމްތިހާނުން ފާސްވި 73 މީހަކަށް ވަކީލުކަން ކުރުމުގެ ހުއްދަ ދީފި

ވަކީލުންގެ ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ބާ ކައުންސިލް
0%
0%
0%

ރާއްޖޭގައި މިހާތަނަށް ބޭއްވި ފުރަތަމަ ބާ އިމްތިހާނަށް ފަހު ޖުމުލަ 73 މީހުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދީފި އެވެ.

ބާ އިމްތިހާނު ރާއްޖޭގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުނު ފަހުން ބޭއްވި ފުރަތަމަ ބާ އިމްތިހާނެވެ.

މިދިޔަ އަހަރު ބޭއްވި ބާ އިމްތިހާނުގައި ޖުމުލަ 176 މީހުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ފާސްވީ 68 ޕަސެންޓް މީހުންނެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބާ އިމްތިހާނުން ފާސްވި މީހުންގެ ތެރެއިން 73 މީހަކަށް ވަނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީފަ އެވެ. އެ މީހުންނަށް ހުވާލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ.

މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ވަޒީރުންނާއި ގާނޫނީ ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. މި ރަސްމިއްޔާތުގައި ބާ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި މީހުންނަށާއި އެއްވަނަ ހޯދި ތިން މީހަކަށް އެވޯޑް ދީފައިވެ އެވެ.

ބާ އިމްތިހާނުގެ ކަންކަމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށްވެސް ވަނީ އެވޯޑެއް ދީފަ އެވެ.

ބާ އިމްތިހާނުން ފާސްވުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ދޫކުރުވޭ ދެ ޝަރުތުގެ ތެރެއިން އެއް ޝަރުތެވެ. ގާނޫނީ ފަންނުގެ ދަށުން ލާޒިމުކުރާ ދެވަނަ ޝަރުތަކީ ލައިސަންސިން ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910