ރައްޔިތުންގެ މަޖިލިސް

ދެ މިނިސްޓަރަކާ މަޖިލީހުގައި ސުވާލު ކުރަނީ

Jan 28, 2016
1

އައްޑޫ ސިޓީގައި ހިންގަން ނިންމާފައިވާ ދެ މަޝްރޫއެއް ކުރިއަށް ނުދާ ކަމަށް ބުނެ، ސުވާލު ކުރަން ރައްޔިތުން މަޖިލީހަށް ހާޒިރުވުމަށް ދެ މިނިސްޓަރަކަށް ނޯޓިސް ފޮނުވައިފި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގެ ހުށަހެޅުއްވުމަށް، މަޖިލީހުގެ އިދާރާއިން މި މަހުގެ 26 ވަނަ ދުވަހު ނޯޓިސް ފޮނުވީ، ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު އަށެވެ. ރޮޒައިނާ ހެލްތް މިނިސްޓަރާ ސުވާލު ކުރަން ހުށަހަޅުއްވާފައި ވަނީ އައްޑޫގައި އަޅާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތްތަކާ މެދު އެވެ. އަދި އިސްލާމިކް މިނިސްޓަރާ ސުވާލު ކުރަނީ މިނިސްޓަރަކަށް މުހައްމަދު ޝަހީމް އަލީ ސައީދު ހުންނެވި އިރު، އެ ސިޓީ މީދޫގައި އަޅަން ނިންމި މިސްކިތުގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލައިގަ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.