ލައިފްސްޓައިލް

ކޯޓްރީ ރޮޖާސް: 15 އަހަރު ތެރޭ 12 ދަރިން ވިހައިފި

އެމެރިކާގެ އަންހެނެއް ކަމަށްވާ ކޯޓްނީ ރޮޖާސް ކައިވެނިކުރީ 2008 ވަނަ އަހަރު އެވެ.

ކޯޓްނީ އާއި އޭނާގެ ފިރިމީހާ ކްރިސް ޑަބްލިޔު ގުޅުވައިދިނީ ދެ މީހުންގެ އެކުވެރިން ތަކެކެކެވެ.

ކައިވެންޏަށް ދެ އަހަރު ފަހުން މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބުނެވެ. އޭގެ ފަހުން ފާއިތުވީ ކޮންމެ އަހަރަކު ކޯޓުނީ ދަރިއަކު ވިހާފައި ވެއެވެ.

މިހާރު އޭނާގެ 12 ދަރިން އެބަތިއްބެވެ. މި ހުރިހާ ކުދިންނަކީ 12 އަހަރުން ދަށުގެ ކުދިންނެވެ. އަދި މިވަރަކުން ވެސް އޭނާގެ ހިތެއް ނުފުރެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދަރިން ވިހެއުމުގެ ސިލްސިލާ ކުރިއަށް ގެންދަން ބޭނުންކަމަށް ކޯޓްނީ ބުންޏެވެ.

ކޯޓްނީ ވިހޭ ކުދިންގެ ތެރޭގައި އެއްމާބަނޑު ދެބެންގެ ތިން ސެޓު ހިމެނެ އެވެ. މީގެ ތެރޭގައި އަހަރު ދެކޮޅު ވިހޭ އެއްމާބަނޑު ދެ ކުދިންގެ ދެ ސެޓު ހިމެނެ އެވެ.

ކޯޓްނީ އާއި އޭނާގެ ފިރިމީހާ އަކީ ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ އަދި ގިނަ ބަޔަކު ދަންނަ ބައެކެވެ. އެހެންވެ ކޯޓްނީ މިހާ ގިނަ ކުދިން ބަލަނީ ކިހިނެއްތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދަ އެވެ.

މި ސުވާލުގެ ޖަވާބު ކޯޓްނީ ނުދިނަސް އޭނާ އަދިވެސް ދަރިން ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ބެލޭނެތީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކޯޓްނީ ބުނި ގޮތުގައި އޭނާގެ ހުރިހާ ދަރިންގެ ނަން ވެސް ފެށެނީ "ސީ" އަކުރުންނެވެ.