އައިޖީއެމްއެޗް

ޒަހަމްކޮށްލި ޒުވާނާ ވެންޓިލޭޓަރުގައި

Feb 25, 2023

މާލޭގައި ރޭ ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު މިކަން ޔަގީންކޮށްދެއްވި ނަމަވެސް ޒުވާނާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

ރޭގެ ވަގުތެއްގައި އުމުރުން 30 އަހަރުގެ ފިރިހެނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.

މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ބުނެފައެއް ނުވެ އެވެ.

ޒަހަމްވި މީހާގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެމީހާ އޮތީ ލޭތަކާ އެކު ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.