ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރަކީ ގާސިމު ކަމަށް ރަސްމީކޮށް އިއުލާންކޮށްފި

Feb 25, 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް އިތުރު ދައުރަކަށް ގާސިމް އިބްރާހިމް އިންތިހާބުވެއްޖެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޖޭޕީގެ ލީޑަރުކަން ގާސިމާ ހަވާލުކުރެއްވި ކަން އިއުލާންކުރީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖޭޕީގެ ހަތަރުވަނަ ކޮންގްރެސްގަ އެވެ.

ގާސިމަށް ޖޭޕީގެ ލީޑަރުކަން އިތުރު ދައުރަކަށް ލިބުނީ އެ މަގާމަށް ހުޅުވާލުމުން ގާސިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުންނެވެ.

ޖޭޕީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކީ ގާސިމް އިބްރާހީމެވެ. އެމަނިކުފާނު އެ ޕާޓީގެ ލީޑަރުކަމަށް އަލުން އިންތިހާބުވެވަޑައިގެންފައި މިވަނީ ހަތަރުވަނަ ދައުރަކަށެވެ.

ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން އަމަލުކުރާނެ ގޮތެއް މިއަދު އެ ޕާޓީން ނިންމާ އިއުލާންކުރާނެ އެވެ.