ރައްޔިތުންގެ މަޖިލިސް

އެކައުންޓުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) -- ފޮޓޯ: މަޖިލިސް
0%
0%
0%

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ ބައެއް މީހުންނަށް ނޭނގި ގެއްލޭ ކަމަށް ބުނާ ޝަކުވާތައް ގިނަވެފައިވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

އެކައުންޓުތަކުން ފައިސާ ގެއްލެމުން ދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ބައެއް އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ އެކި ގޮތް ގޮތުން ގެއްލެމުންދާ ކަމަށެވެ.

މިފަދަ މައްސަލަތައް ކުރިމަތިވަނީ ޕާސަނަލް މައުލޫމާތު ބޭނުންކޮށްގެން ފޯނު ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

މިދިޔަ ބުދަ ދުވަހު ވެސް ބީއެމްއެލްއާއި ގުޅޭ މިފަދަ މައްސަލައެއް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބެލުމަށް މަޖިލީހުގައި ހަދާފައިވާ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފަ އެވެ. އެ ކޮމިޓީއަސް މި މައްސަލަ ހުށަހެޅުއްވީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345