ހަބަރު

ބޭންކްރަޕްސީގެ ބިލު ތަރުޖަމާކޮށް، ބޭންކުތަކުގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިފްލާސްވުމާއި އިފްލާސް ކުރުން ނުވަތަ ބޭންކްރަޕްސީގެ ބިލު އިނގިރޭސި ބަހަށް ތަރުޖަމާކޮށް، އެ ބިލަށް ރާއްޖޭގައި އޮޕަރޭޓްކުރާ ކޮމާޝަލް ބޭންކުތަކުގެ ހިޔާލު ހޯދާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލުގެ އިބުތިދާއީ ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ މި ބިލުގެ ޓެކްނިކަލްކަމުން ރާއްޖޭގައި އޮޕަރޭޓްކުރާ ކޮމާޝަލް ބޭންކުތަކުގެ ހިޔާލު ހޯދުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޓެކްނިކަލްކަމާއި އެކުގައި އަޅުގަނޑު އެބަވިސްނަން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކަށް ދައުވަތުދޭން. އެ ބޭފުޅުން މި ބިލާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތެއް ކިޔައިދެއްވުމަށް،" އޭގެ ކުރިން އެ ބިލު އިނގިރޭސި ބަހަށް ތަރުޖަމާކުރުމަށް މަޖިލީހުގެ އަމީންއާއްމުގެ ކިބައިން އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.

ބިލުގައި މައިގަނޑު ގޮތެއްގައި އިފްލާސް ކުރުމަށް ހުށަހަޅާފައި ވަނީ ވަކިވަކި ޝަހުސުންނާއި ސޯލް ޕްރޮޕްރައިޓަރުން ނަމަވެސް، ކޯޓަކުން ކަނޑައަޅައިފިނަމަ، މި ގާނޫނުގެ ހަމަތަކުގެ ތެރެއިން ކުންފުންޏެއް ވެސް އިފްލާސް ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

މިއަދުގެ ކުރިއަށް ދިއަ ބަހުސްގެ ތެރެއިން ނަޝީދު ވަނީ ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ރަހުނު ކުރާ މުދާ ފަސޭހައިން ވިއްކާލުމަށް ހުރި ދަތިތަކުގެ ސަބަބުން އިންޓަރެސްޓް ބޮޑުވާކަމުގެ ކަންބޮޑުވުން ހިއްސާ ކުރައްވައިފަ އެވެ.

"އެ ބޭންކުތަކަށް ދަރާފައިވާ ދަރަނި އަނބުރާ ހޯދަން ރަހުނު ވިއްކާ ނުލެވި. އެ ދަރަނީގެ ފައިސާ އަނބުރާ ނުހޯދުނީމާ، ދެން ބޭންކުގެ ނިޒާމަށް ލިބިގެންދާ ގެއްލުމާއި އޭގެ ސަބަބުން ބޭންކުގެ އިންޓަރެސްޓް ރޭޓަށް ވެގެންދާ ގޮތް. ބޮޑު އިންޓަރެސްޓް ރޭޓެއް ބޭންކުން ނަގަން މިޖެހެނީ ރިސްކު ބޮޑުވާތީވެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ވަގުތު ވެސް 70 އެއްހާ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ފަހު ހުއްޓިފައިވާއިރު، އެއިން ކޮންމެ ރަށެއްގައި ވެސް ކޮންމެ ވެސް ބޭންކަކާ ގުޅޭ ދަރަންޏެއް އޮންނާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345