އެކްސިޑެންޓް

ތިނަދޫގައި އެމްއެންޑީއެފްގެ ލޮރީއަކާއި ސައިކަލެއްޖެހި މީހަކަށް އަނިޔާވެއްޖެ

Jan 29, 2016

ގދ. ތިނަދޫގައި އެމްއެންޑީއެފްގެ ފަޔާ ލޮރީއަކާއި ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު މެންދުރުފަހު 1:15 އެހާކަންހާއިރު މި އެކްސިޑެންޓް އައީ ތިނަދޫ ހިތްފަސޭހަ މަގުގައެވެ. މި ހާދިސާގައި ފަޔާ ލޮރީގެ ދަށަށް ސައިކަލް ވަދެފައިވާއިރު އެވަގުތު ސައިކަލްގައި އިން މީހާއަށް ވަނީ އަނިޔާތަކެއްވެސް އޭނާއަށް ފަރުވާދީ ޒަހަމްތަކުގައި ބޭސް އެޅުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.